ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް މުވައްޒަފުންގެ އުޅަނދު ޕާކު ކުރަން އާ ޒޯނެއް

Jul 16, 2019
3

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުޅަނދު ފަހަރު ޕާކު ކުރަން ހުޅުމާލެ ހައިވޭއިން ވަދެވޭ ގޮތަށް އާ ޕާކިން ޒޯނެއް ހަދައިފި އެވެ.

އެމްއޭސީއެލް އިން ބުނީ 4،250 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދައި ހުޅުވި މި ޕާކިން ޒޯނުގައި 862 ސައިކަލް އާއި އެހެނިހެން 11 އުޅަނދެއް ޕާކު ކުރެވޭނެ ކަމަށެވެ. މިއީ އެމްއޭސީއެލް އިން އެއާޕޯޓުގައި ހެދި ދެވަނަ ޕާކިން ޒޯން އެވެ. ކުރިން ޕާކިން ޒޯން ހަދާފައިވަނީ ބްރިޖު ހުޅުވުމާ ގުޅިގެންނެވެ. މި ފަހަރު ހެދި ޕާކިން ޒޯންގެ ސަބަބުން އެއާޕޯޓް ޓަވަރާއި ފަޔާ ސާވިސަސް އަދި ސީޕްލޭން އޭރިއާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެ އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމްއޭސީއެލް އިން މި ޕާކިން ޒޯނެއް ހެދީ، މުވައްޒަފުންގެ އުޅަނދު ފަހަރު ޕާކު ކުރަން ކުރިން ބޭނުންކުރި ޒޯން ބަންދު ކުރުމުންނެވެ. އެ ސަރަހައްދު ބަންދު ކުރަން ޖެހުނީ ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަމުން ގެންދާތީ އެވެ.

އެމްއޭސީއެލް ހެދި މި ޕާކިން ޒޯނުގައި ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ނަށް ހިލޭ ޕާކުރެވެ އެވެ.