ފިނޭންސް މިނިސްޓްރީ

އޭއައިއައިބީން 45 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

Jul 16, 2019
3

ހަކަތަ އުފައްދަން ރާއްޖެއިން ކުރަންޖެހޭ ތެލުގެ ހަރަދު ކުޑަކުރާށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެހީވެދޭން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 45 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފި އެވެ.

އެ ބޭންކްގެ އަހަރީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެން އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވައިފަ އެވެ.

ބައްދަލުވުމުގައި ރާއްޖޭގައި ދެމެހެއްޓެނިވި ސިޓީތައް ތަަރައްގީ ކުރަން ފައިނޭންސް ކުރުމާއި ޓޫރިޒަމް ފުޅާ ކުރަން މަޝްވަރާކުރި އެވެ.