ޕީއެސްއެމް

ލޯކަލް ޗެނަލްތައް ސާފުކޮށް ހިލޭ ބެލޭނެ ގޮތް ހަދައިދެނީ

Jul 16, 2019
2
ޕީއެސްއެމް: ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަންގެ ހިދުމަތް ދޭން މަޝްރޫއެއް ވަނީ ފަށާފައި -- ފޮޓޯ: އަވަސް
0%
0%
0%

ލޯކަލް އަށް ޓީވީ ޗެނަލެއްގެ ޚިދުމަތް މިހާރަށްވުރެ ސާފު ކޮލިޓީގައި ހިލޭ ބެލޭނެ ޚިދުމަތް ދިނުމުގެ ބޮޑު މަޝްރޫއެއް ޕީއެސްއެމްއިން ފަށައިފިއެވެ.

ޕީއެސްއެމުން ބަޔާނެއް މެދުވެރިކޮށް ބުނީ މި މަޝްރޫގައި 2021 ވަނަ އަހަރުގެ ކުރީކޮޅު ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަންގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށްވުރެ ބޮޑު ބަޔަކަށް ލިބޭނެ ކަމަށާއި މިއީ ޖަޕާނުގެ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދާ މިޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ 19 ސަރަހައްދެއްގައި ކުރިއަށްދާނީ ވެސް ޖަޕާނުގެ ކޮންސަލްޓަންސީ ކުންފުންޏެއްގެ ބެލުމުގެ ދަށުންނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ މަސައްކަތް ނިމުމުން ލޯކަލް ޗެނަލްތައް ސާފުކޮށް ބެލުމުގެ އިތުރަށް ކަނޑުމަތީ އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކަށް އިދާރާއަކުން މުސޫމާބެހޭ މައުލޫމާތެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ އެލާޓެއް ހިއްސާ ކުރަން ބޭނުން ނަމަ އެ ނިޒާމުގެ ތެރެއިން ކުރެވޭނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345