މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ވަނަ ދުވަސް ބަންދުކުރުމަށާއި އީދު ޗުއްޓީއަށް އެއް ދުވަސް އިތުރުކޮށް ދޭން ސަރުކާރުން ނިންމައިފި އެވެ.
މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ އެވެ. މިނިވަން ދުވަސް، ސަރުކާރު ބަންދު ދުވަހަކާ ދިމާވާނަމަ އެއާ ޖެހިގެން އަންނަ ރަސްމީ ދުވަސް އަބަދުވެސް ބަންދު ކުރެ އެވެ. އެގޮތުގެ މަތިން ސަރުކާރުން ނިންމާފައިވަނީ 26 ޖުލައިގެ މުނާސަބަތުގައި ޖެހިގެން އަންނަ 28 ޖުލައިވާ އާދިއްތަ ދުވަސް ބަންދުކުރާށެވެ.
މި އަހަރުގެ އީދު ދުވަހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ. އެއީ އާދިއްތަ ދުވަހެކެވެ. ބޮޑު އީދު ދުވަހާއި އެއާ ޖެހިގެން އަންނަ ތިން ދުވަހަކީ ބަންދު ދުވަހެކެވެ.
މިއަދު ސަރުކާރުން ނިންމާފައިވަނީ އީދު ޗުއްޓީ ދިގުކޮށް ދިނުމުގެ ގޮތުން އީދު ބަންދާ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދުކުރާށެވެ. އެއީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. މި ބަދަލާއެކު، އީދު ޗުއްޓީއަށް ފަސް ދުވަސް ލިބޭނެ އެވެ.
އީދު ޗުއްޓީއާ ގުޅިގެން ދެ ހުކުރާއި ހޮނިހިރު ވެސް ޗުއްޓީގެ ގޮތުގައި ލިބޭތީ މުޅި ޖުމްލަ ނުވަ ދުވަސް އީދު ޗުއްޓީގެ ގޮތުގައި މި އަހަރު ލިބޭނެ އެވެ.