ދުނިޔެ

ލަޝްކަރޭ ތައިބާގެ ފައުންޑާ ޕާކިސްތާނުން ހައްޔަރުކޮށްފި

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާގެ ފައުންޑާ ހާފިޒު މުހައްމަދު ސަައީދު ޕާކިސްތާނުން ހައްޔަރު ކޮށްފި އެވެ.

ޕާކިސްތާނު ފުލުހުން ސައީދު ހައްޔަރު ކުރީ ލާހޯރާއި 50 ކިލޯމީޓަރު ދުރު ހިސާބަކުންނެވެ. ޕާކިސްތާނު ފުލުހުން މިއަދުގެ ވަގުތެއްގައި ސައީދުގެ ކޯޓަށް ހާޒިރު ކުރާނެ އެވެ. އޭނާ ކޯޓާ ހާޒިރު ކުރަނީ ލަޝްކަރޭ ތައިބާ އަށާއި އެހެނިހެން ޓެރަރިޒަމްގެ އަމަލު ތަކަށް ފައިސާ ހޯދައި ދިނުމުގެ ކުށުގަ އެވެ.

"ސައީދުގެ މައްޗަށް އަދި ކުރެވެން އޮތީ ޓެރަރިސްޓް ޖަމާއްތްތަކަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފައިސާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ، ކޯޓަށް ގެންދިޔައަސް ހިޔެއް ނުވޭ މިކަހަލަ މައްސަލައެއްގައި ކަފާލާތުގެ ދަށުން ދޫކޮށްލާނެހެނެއް" ޕާކިސްތާނުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ލަޝްކަރޭ ތައިބާއަކީ 1987 ވަނަ އަހަރު އަފްޣާނިސްތާނުގައި ސައީދު އުފެއްދި ޖަމާއަތަކެވެ. ދެހާސް އެއްވަނަ އަހަރުން ފެށިގެން ރަސްމީކޮށް ޖަމާއަތުގެ އެއްވެސް މަސައްކަތެއްގައި ބައިވެރިނުވި ނަމަވެސް ސައީދު ދިޔައީ ސިއްރިޔާތުގައި ޖަމާއަތަށް ބޭނުންވާ ފައިސާ ހޯދައި ދޭން މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ސިފައިންނަށް އަމާޒު ކޮށްގެން އާންމުކޮށް ހަމަލޭ ދޭ ލަޝްކަރޭ ތައިބާ ވަނީ 2017 ވަނަ އަހަރު ފެށިގެން ޕާކިސްތާނުގައި ވެސް ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި 2008 ވަނަ އަހަރު ލަޝްކަރޭ ތައިބާއިން ދިން ހަމާލާއެއްގައި އިންޑިއާގެ ސިފައިން 168 މީހަކު ވަނީ މަރުވެފަ އެވެ.

ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ގައިދާއަށް ފަންޑު ކުރަމުންދިޔަ އަލީ ނަވާޒް ނަމަކަށް ކިޔާ މީހަކު ވެސް ޕާކިސްތާނުން ވަނީ މިމަހުގެ ކުރީކޮޅުގައި ހައްުޔަރު ކޮށްފަ އެވެ. ފާއިތުވި މަސްތަކުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވަނީ ޓެރަރިޒަމް އާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ފައްޓަވާފަ އެވެ.