ހަބަރު

ދެ މެޖިސްޓްރޭޓެއްގެ މައްސަލަތަކެއް ބަލަން ޖޭއެސްސީން ނިންމައިފި

ދެ މެޖިސްޓްރޭޓެއްގެ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބަލަން ނިންމީ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލައަކާއި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީއަކުން ނުދެ އެވެ.

މީގެ ތެރެއިން ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލަ ބަލަން ޖޭއެސްސީން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނަގާފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއު ކޮމިޝަންގެ މެންބަރު އަބްދުލްރައޫފް އިބްރާހިމާއި ކޮމިޝަަންގެ މެންބަރު އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ކޮމިޝަންގެ މެންބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަ ތަހުގީގު ކުރަން ތައުދީބީ ކޮމިޓީއަކަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.