ގދ. ތިނަދޫގެ ޕޯސްޓް އޮފީސް ފަޅާލައި އެ އޮފީހަށް ވަގުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި އެ އޮފީހުގައި ހުރި ގިނަ އަދަދެއްގެ ޕާރުސަލްތައް ކަނޑައިގެން ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޕޯސްޓް އޮފީސްގެ ތިޖޫރީ ފަޅާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޕޯސްޓް އޮފީސް ފަޅާލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.