ހަބަރު

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ، އަހުމަދު އަފްރާޒު (ކ. މާލެ / ގ. ހިޔަލީގޭއާގެ) ނަމަކަށް ކިޔާ 32 އަހަރުގެ ފިރިހެނެކެވެ.

މިގޮތުން، އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ގދ. ތިނަދޫ ފުލުހުންގެ އިދާރާ އަށް އެންގުމަށް ވަނީ އެދިފައި އެވެ.

މިފަދަ ކަންކަމުގައި ފުލުހުންގެ ތަހުގީގަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ފުލުހުން އެދެއެވެ.