ޓެކްނޯލޮޖީ

ފޭސްއެޕްގެ މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

ޒުވާނުން މުސްކުޅި ވުމުން ހުންނަ ގޮތް ދައްކުވައިދޭ ގޮތް އަންގައިދޭ އެޕްލިކޭޝަނެއް ކަމަށްވާ "ފޭސްއެޕް" ގެ މައްސަލަ ތަހުގީ ގުކޮށްދިނުމަށް އެމެރިކާ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމާ (ފޮޓޯގައި) ގޮވާލައްވައިފި އެވެ.

ފޭސްއެޕްގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ވަޑައިގެން ކަމާބެހޭ ފަރާތްތަކަށް ޝުމާ ފޮނުވި ސިޓީގައި ވިދާޅުވީ، ފޭސްބުކުގައި ދައުރުވަމުންދާ ފޭސްއެޕް މެދުވެރިކޮށް ޒުވާނުން އެމީހުން މުސްކުޅިވުމުން ހުންނާނެ ގޮތް ފޭސްބުކުގައި އާންމު ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު ބޭރު ގައުމުތަކަށާއި، ޖާސޫސީ އިދާރާތަކަށް ލިބި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު ސިޓީގައި ޝުމާ ވިދާޅުވި އެވެ.

އެމެރިކާއިން މިހާރުވެސް ދަނީ ރަޝިއާގެ ޖާސޫސީ އިދާރާތަކުން އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ފޭސްއެޕް އަކީ ރަޝިއާގެ ޓެކްނެލޮޖީ ކުންފުންޏަކުން އުފައްދާފައިވާ އެޕްލިކޭޝަން އެކެވެ.

އެމެރިކާގެ ތުހުމަތު ފޭސްއެޕް އިން ވަނީ ދޮގުކޮށްފަ އެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ވަޔަލެސް ލެބް އިންވެސް ބުނީ، ފޭސްއެޕް އަކީ ފޮޓޯ ސޭވް ކުރެވޭގޮތަށް ޑިވޮލޮޕް ކޮށްފައިވާ އެޕެއް ނޫން ކަމަށެވެ. އަދި އެޕް މެދުވެރިކޮށް މައުލޫމާތުވެސް ނުފޮނުވޭނެ ކަމަށެވެ.

ނަމަވެސް ޝޫ ފަހުން ވިދާޅުވީ، ފޭސްްއެޕް އަކީ ރަޝިއާގެ ކުންފުންޏެއްގެ ޕްރޮޑަކަޓް އަކަށްވުމުން، އެކަން ކަމާގުޅޭ ފަރާތަކުން ތަހުގީގުނޮކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.