މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގައި މަގާމުގެ ކުރިއެރުން ދޭނީ ސިޔާސީ ނުވެ: މާރިޔާ

Jul 18, 2019
3

ސިޔާސީ ނުވި ނަމަވެސް ކަސްޓަމްސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކަސްޓަމްސްގެ ހިދުމަތަށް 129 އަހަރު ފުރުން ފާހަގަކަން މިއަދު މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިން ކުރިމަތީ ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައި ވަނީ ސިޔާސީ ކުލައިން ކަމަށް ބުނެ ޝަކުވާ އައި ކަމަށެވެ. އެކަމަކު މި ސަރުކާރުގައި މަގާމުގެ ކުރިއެރުން ލިބޭނީ ހަމަ އާއި އުސޫލްގެ ތެރެއިން ކަމަށެވެ. މަގާމުގެ ކުރިއެރުން ދޭން ސިޔާސީ ކުލައިގައި ނުޖެހޭނެ ކަމަށެވެ.

މިއަދަކީ ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަހެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރު މާރިޔާ އެވެ.