ހަބަރު

މައްސަލަތައް ބަލަން ޖޭއެސްސީގެ ޓީމެއް ގއ. އަތޮަޅަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ބައެއް މައްސަލަތައް ބަލަން އެ ކޮމިޝަންގެ ތަހުގީގު ޓީމެއް ގއ. އަތޮޅަށް ވަޑައިގެންފި އެވެ.

ގއ. އަތޮޅަށް ވަޑައިގެން އުޅުއްވާ ޖޭއެސްސީގެ ވަފުދުގައި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި، ކޮމިޝަންގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން، ކޮމިޝަންގެ މެންބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގއ. އަތޮޅަށް ޖޭއެސްސީގެ ޓީމެއް ވަޑައިގެންފައި މިވަނީ، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެހެން ބައެއް މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތައް ވެސް ކޮމިޝަނުން ބަލަމުން ގެންދަ އެވެ.