ހަބަރު

ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލްއިން ހުށަހެޅި މައްސަލައަށް އޭސީސީން ވަދެއްޖެ

Jul 18, 2019

ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްހުލްވެއްޖެ އެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަނުން ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލައާ ގުޅިގެން، މިއަދު މެންދުރުފަހު އޮތް އެ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމަށް ހާޒިރުވާން ކޮމިޝަނަށް ވަނީ އަންގައިފަ އެވެ.

އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްއިން ހާޒިރުކުރުމުން އެ ބޭންކުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާ ދެ މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށް އެދިފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައެއް ކަމެއް ނުބުނެ އެވެ.

ބީއެމްއެލްއިން ވަނީ އެގޮތަށް މައުލޫމާތު ދިނުމަށް ހައިކޯޓުގެ ހުކުމެއްގެ ސަބަބުން ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.