ވަޑާމުގެ މަސައްކަތަށް ބޭނުން ކުރާ ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މީހާ ހައްޔަރު ކުރީ މާލެ ތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދަނިކޮށް އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ވެގެނެވެ. އެ މީހާ ހުއްޓުވައި ފާސްކޮށް ބެލި އިރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޑާމުގެ ސާމާނުތަކެއް އޭނާގެ އަތުން ފެނުނެވެ.