ޖައްވުމުގައި ގާއިމްކޮށްފައިވާ ޗައިނާ ލެބޯޓަރީއެއް ކަމަށްވާ ޓިއަންގޮންގް2 އަނބުރާ ދުނިޔެއަށް ގެނައުމުގެ މަސައްކަތް ޗައިނާއިން ކުރަން ނިންމައިފި އެވެ.
ޓިއަންގޮންގް2 ލެބޯރެޓަރީ ޖައްވަށް ފޮނުވާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ލެބޯޓަރީ ޗައިނާއިން ބޭނުން ކުރީ މެޑިސިން އާއި ޕިޒިކްސް އަދި ބައިލޮޖީގެ ތަހުލީލުތައް ކުރުމަށެވެ. އާންމު ގޮތެއްގައި ޖައްވުމުގައި ގާއިމްކޮށްފައިވާ ލެބޯރެޓަރީ އަދި ސެޓްލައިޓުތައް އަނބުރާ ދުނިޔެއަށް ގެންނައިރު އިރުގެ ހޫނުގެ ސަބަބުން އަލިފާން ރޯވެ އެވެ.
ޗައިނާ މޭންޑް ސްޕޭސް އިންޖީނިއަރިން އޮފީސް (ސީއެމްްއެސްއީއޯ) އިން ބުނީ ޓިއަންގޮންގް2 ދުނިޔެއަށް ގެންނާނީ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރެވޭނެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. ޓިއަންގޮންގް2 ދުނިޔެއަށް ގެންނަން ނިންމީ ޖައްވުގައި ކުރަން ނިންމާފައިވާ ހުރިހާ ތަހުލީލުތަކެއް ނިމުމުން ކަމަށް ސީއެމްްއެސްއީއޯ އިން ބުންޏެވެ.
ދެހާސް ބަވީސް ވަނަ އަހަރުގެ ނިޔަލަށް ޓިއަންގޮންގް2 ބޭނުން ކޮށްގެން މުޅިން އާ ލެބޯޓަރީއެއް އަޅައި ޖައްވީ ރޭހުގައި ވާދަވެރި ގައުމުތަކާއި ފައި ހަމަކުރާނެ ކަމަށް ސީއެމްްއެސްއީއޯ ވަނީ ބުނެފަ އެވެ. ޓިއަންގޮންގް އަކީ ޖައްވުމުގައި ގާއިމްކޮށްފައިވާ ޗައިނާގެ ދެވަނަ ލެބޯޓީ އެވެ. ފުރަތަމަ ލެބޯރެޓަރީ އަކީ ޓިއަންގޮންގް1 އެވެ.
ޖައްވީ ހޯދުންތަކުގައި ޗައިނާއަށް ވުރެ ކުރީގައި އުޅެނީ އެމެރިކާ އާއި ރަޝިއާ އެވެ. އިންޑިއާ އޮތީ ލިސްޓުގެ އެންމެ ފުލުގަ އެވެ. މި ހުރިހާ ގައުމުތަކުން ވެސް ދަނީ ޖައްވީ ހޯދުންތަކުގައި ވާދަވެރި ގައުމުތަށް ފަހަތަށް ޖައްސާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާއިން އަންނަ ހޯމަ ދުވަހު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން ވަނީ ނިންމާފަ އެވެ.