ގައުމީ ފުޓްބޯޅް ޓީމް

ފުރަތަމަ މެޗުގައި ބުޓާން އަތުން ޒުވާން ޓީމު ބަލިވެއްޖެ

މިއަދު އައްޑޫ ސިޓީގައި ފެށި، ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރތަމަ މެޗުގައި ބޫޓާން އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ އެވެ.

ގުރާސް ރޫޓް ފުޓްބޯޅައިގައި އޭއެފްސީގެ އެވޯޑް ހޯދާފައިވާ ބޫޓާން އިން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.

ބޫޓާންއިން ވަނީ މެޗުގެ ހަ ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޖަންގީ ޔަންގް ޔެލް އެވެ. ދެ ވަނަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ބިކާޝް ޕްރަދަން އެވެ.

ރާއްޖޭގެ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ހަނާން އާދަމް އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އެހީތެރި ކަމާއެކު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ޔޫރަޕުން ވާދަ ކުރަނީ ލެޓްވިއާ އެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަ ކުރަނީ ލެޓްވިއާ އާއި ސައުދީ އަރަބިއްޔާ އެވެ.