ހަބަރު

އޯލެވެލް ޓޮޕްޓެން ޖަލްސާ ސެޕްޓެމްބަރު މަހު

މިދޔަ އަހަރު ސާނަވީ ތައުލީމު ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ހަފުލާ އަންނަ ސެޕްޓެމްބަރު މަހު ބާއްވަބް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ހަފުލާ ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 5000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން 405 ކުއްޖަކު ޓޮޕްޓެންގަައި ހިމެނިފައި ވެއެވެ.

މިދިޔަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަނަތައް ލިބުނު ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ދިނުމުގެ ހާއްސަ ހަފްލާ މި މަހު ވަނީ ބާއްވާފަ އެވެ. އޭ ލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެކި މާއްދަތަކުން ރާއްޖޭގެ 11 ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފަ އެވެ. އަދި ގަދަ ދިހަ އެއްގައި 195 ކުއްޖަކު ހިމެނުނެވެ.