އިސްދޫ

އިސްދޫގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ

Jul 21, 2019

އިދާރީ ގޮތުން ދެ ރަަށަށް ބަދަލުކޮށްފައިވާ ލ. އިސްދޫ އާއި ކަލައިދޫގެ ގުޅިފައިވާ ބޮޑު މަގުގައި ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ރޭ 11:50 ގައި އިސްދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންޓެއްގައި ތން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެއީ ތިން ފިރިހެނުން ކަމަށެވެ.

އެކްސިޑެންޓްގައި އޭގެ ތެރެއިން އެކެއްގެ ކަނާތު ފައިގެ ކުޑަހުޅު މަތީން ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ. އަނެއް ދެ މީހުނަށް ލިބުނު ޒަހަމްތައް ސާފެއް ނުވެއެވެ. މި ވަގުތު އެ ތިން މީހުންނަށް ވަނީ ގަމުގެ ރީޖަނަލަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ އިސްދޫއިން ކަލައިދޫއަށް ދަތުރުކުރި ސައިކަލަކާއި ކަލައިދޫއިން އިސްދޫއަށް ދަތުރުކުރި ސައިކަލެއް ޖެހިގެނެވެ. ކަލައިދޫން އިސްދޫއަށް ދަތުރުކުރި ސައިކަލް ދުއްވާފައިވަނީ ނުގަވައިދުންނެވެ. އިސްދޫގައި މި އެކްސިޑެންޓް ހިނގި އިރު ތިން އަވަށް އޮންނަ ޜާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ސިނާއީ ރަށްތައް ކަމަށްވާ ހޮރައިޒަން މަސް ކާރުހާނާ ހިންގާ މާންދޫ އާއި އިސްކަންދަރު ވައިގެ ބަނދަރު އޮންނަ ކައްދޫ އާއި އެ އަތޮޅުގެ ވެރިރަށް ތިން އަވަށުގެ ފޮނަދޫ ގުޅިފައިވާ ލާމްލިންކްގައި ބޮޑެތި އެކްސިޑެންޓްތައް ފަހަކަށް އައިސް ހިނގާފައި ވެއެވެ،