ވައްކަން

އެމްޕީއެލް އޮފީސް ފަޅާލައި ލިޔެކިޔުންތަކެއް ވަގަށް ނަގައިފި

Jul 21, 2019
7

އެމްޕީއެލް އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ އތާނގެ ލިޔެކިޔުންތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، އެމްޕީއެލް މައި އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރޭ 9:45 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ވައްކަމުގައި އެމްޕީއެލްއިން ވަގަށް ނަގާފައިވަނީ ލިޔެ ކިޔުންތަކެއް އިތުރުން ކޮން އެއްޗެއްސެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.

އެމްޕީއެލް އިން ބުނީ. ރޭ އެ އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ވަނީ ލިޔެކިޔުންތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ނަގާފައިވަނީ މުހިންމު ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.