ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބަޑި ބޭނުން ކޮށްގެނާއި ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާތަކެއްގައި އަށް މީހަކު މަރުވެ 30 މީހުން ޒަހަމްވެއްޖެ އެވެ.
އެ ހާދިސާގެ މައުލޫމާތު ދެމުން ޑިސްޓްރިކްޓް ޗީފް އޮފް ޕޮލިސް ސަލީމް ރިއާޒް ވިދާޅުވީ، ހަތިޔާރާއެޅި ހަތަރު މީހަކު ސައިކަލެއްގައި ގޮސް އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ޕޮލިސް ޕޯސްޓަކަށެވެ. އެ ހަމަލާގައިި ދެ ފުލުހަކު މަރުވެފައިވާ ކަމަށް ރިއާޒް ވިދާޅުވި އެވެ.
މަރުވި ފުލުހުން ހޮސްޕިޓަލަށް ގެންދިޔަ ވަގުތު، ފުލުހުންނަށް ހަމަލާ ދިން މީހުންގެ ތެރޭގައި ހިމެނޭ އަންހެނަކު ހޮސްޕިޓަލަށް ވަދެ ވަނީ ޖާނު ގޮއްވާލައިގެން ހަމަލާއެއް ދީފައިވެ އެވެ. އެ ހަމަލާގައި އާންމުންގެ ހަތަރު މީހަކު މަރުވެ 30 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ޖާނު ގޮއްވާލައިގެން ހަމަލާދިން އަންހެން މީހާގެ އަތުގައި އެވަގުތު ހަތް ކިލޯގެ ގޮވާތަކެތި ހުރި ކަމަށް ހަދިސާގެ މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވި އެވެ.
މި ހަމަލާތަކުގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ތެހެރީކޭ ތާލިބާނުން ވަނީ އުފުލާފަ އެވެ. އަދި ހަމަލާ ދިނީ އެ ޖަމާއަތުގެ ލީޑަރު ދޭރާ އިސްމާއީލް ހާން ފުލުހުންގެ އޮޕަރޭޝަނެއްގައި މަރާލުމާއި ގުޅިގެން އެކަމުގެ ބަދަލުގެ ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.