ދުނިޔެ

ޝީލާ ޑިކްސިޓް އަވަހާރަވެއްޖެ

އިންޑިއާގެ ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު ޝީލާ ޑިކްސިޓް އިއްޔެ ހަވީރު އަވަހާރަ އެވެ. އިއްޔެ އެކަމަނާ އަވަހަރާވީ އުމުރުފުޅުން 81 އަހަރުގަ އެވެ. އަވަހާރަވިއިރު އެކަމަނާ ގެންދެވީ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ޝީލާ ޑިކްސިޓަކީ ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމު އެންމެ ގިނަ ދުވަހު ފުރުއްވީ ބޭފުޅާ އެވެ. އެކަމަނާ 1998 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ޗީފް މިނިސްޓަރުގެ މަގާމު ފުރުއްވެވި އެވެ.

ޗީފް މިނިސްޓަރުގެ އިތުރުން ޑިކްސިޓް ވަނީ ކެރެލާ ސްޓޭޓުގެ ގަވަރުނަރުކަން ވެސް ކުރައްވާފަ އެވެ. އިންޑިއާގެ ބޭއްވި އާންމު އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ފަރާތުން ދިއްލީގެ ދެކުނު ދާއިރާއަށް ވެސް ވާދަ ކުރެއްވި އެވެ. ނަމަވެސް އެފަހަރު އެކަމަނާއަށް ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާއި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީ ވަނީ ޑިކްސިޓް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެން އެކަމަނާއަށް އިހުތިރާމް އަދާ ކުރައްވާފަ އެވެ.

ޑިކްސިޓް ސިޔާސީ ހަޔާތްފުޅު ފެއްޓެވީ 1984 ވަނަ އަހަރު އެވެ.