ދިވެހި ހައްޖާޖީންނަށް އެހީތެރިވާން ސައުދީ އެމްބަސީގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސައުދީ އަރަބިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފި އެވެ.
އެ އެމްބަސީން ބުނީ ރާއްޖޭގެ ހާޖީންނަށް އެހީތެރިވުމަށް ޖިއްދާ އާއި މައްކާ އަދި މަދީނާގައި އެމްބަސީގެ ޓީމެއް ހަރަކާތް ތެރިވާނެ ކަމަށެވެ. އެ ޓީމަށް 00966506894477 މި ނަންބަރުން ގުޅޭނެ ކަމަށެވެ.
ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕު އިއްޔެ ވަނީ ފުރާފަ އެވެ. އެއީ ޒައީ ގްރޫޕުގެ 84 މީހުނެނެވެ. މި އަހަރު ރާއްޖޭއިން ހަ ގްރޫޕަކުން 1،975 މީހުން ހައްޖަށް ދެ އެވެ.
ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ހަ ގްރޫޕަކީ ޒައީ ގްރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން ގްރޫޕާއި މިނާ ގްރޫޕާއި އެކްރޯ ގްރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނެވެ.
މި އަހަރުގެ ހައްޖު ދުވަސް ދިމާވާނީ އޮގަސްޓް މަހުގެ 10 ވަަނަ ދުވަހާ އެވެ. ހައްޖަށްދާ އެންމެ ފަހު ގްރޫޕް ފުރާނީ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ތަޒްކިޔާ ގްރޫޕުގެ 30 މީހުނެވެ.