ދުނިޔެ

އެޓޮމިކް އެނާޖީ އޭޖެންސީގެ ވެރިޔާ އަވަހާރަވެއްޖެ

އދ ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ، (އައިއޭއީއޭ) ގެ ވެރިޔާ ޔުކިޔާ އަމާނޯ ކުއްލި ގޮތަކަށް މިއަދު އަވަހާރަ ވެއްޖެ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އެވެ،

މުހައްމަދު އަލް ބަރާދީދީއަށް ފަހު މަގާމާ ހަވާލުވެ ވަޑައިގެންނެވި ޔުކިޔާ އަމާނޯ ވަނީ މަގާމަށް އެކަށީގެންވާ ވަރަށް ބަލި ހާލަތު ތަން ނުދެއްވާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން އިއުލާން ކުރައްވާފަ ވެ.

ޖަޕާނަށް ނިސްބަތްވެ ވަޑައިގަންނަވާ ޔުކިޔާ އަމާނޯ އަވަހަރަވުމާއި ގުޅިގެން އައިއޭއީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމާނޯގެ މޭސްތިރި ކަމުގައި އެ އިދާރާއިން ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލުކޮށްފައި ކަމަށާއި އަދި އަމާނޯއަކީ ނިއުކްލިޔާ ކަންތަތަކުގައި ތަޖުރިބާކާރެއް ކަމަށެވެ.

އަމާނޯ ވަނީ 2016 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު އީރާނާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ގެ ގުޅުންތައް މުޅިން އާ މަރްޙަލާއަކަށް ގެންދަން ގިނަ މައްސަކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.