ހަބަރު

ބޯޓަކަށް ދިޔަވާތީ އެހީވެއްޖެ

ވ. އަތޮޅު ވައްޓަރު ބޭރުން ދަތުރު ކުރަމުން ދިޔަ ބޯޓެއް ދިޔަވުމާއި ގުޅިގެން އެމްއެންޑީއެފުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ރިޕޯޓުކުރީ މިއަދު މެންދުރު ކަމަށާއި އެ ދިމާއިން ދަތުރުކުރަމުން ދިޔައީ "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އަދި ބުނީ އެ ބޯޓުގައި ދަތުރު ކުރަމުން ދިޔައީ 14 މީހުނާއެކުގައި ކަމަށެވެ.

ދިޔަ ބޯޓަކީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި ބޯޓެކެވެ.