ލައިފްސްޓައިލް

ރާއްޖޭގެ އެންމެ "ރޮމޭންޓިކް" ރިސޯޓަކީ ކޮބާ؟

Jul 27, 2015

ރާއްޖޭގެ ރިސޯޓު ތަކަކީ ލޯބިވެރިންގެ މެދުގައި މަގުބޫލު ތަންތަނެވެ. މީގެ އެއް ސަބަބަކީ ރިސޯޓުތަކުގެ ހިތް ގައިމު ފެހިކަމެވެ. މި ސަބަބާ ހުރެ ރާއްޖޭގެ އެންމެ "ރޮމޭންޓިކް" ރިސޯޓެއް ހޮވުމަކީ ދަތިކަމެކެވެ. ތިރީގައި އެވަނީ ރާއްޖޭގައި މިވަގުތު ހިންގާ 100 އެއްހާ ރިސޯޓުގެ ތެރެއިން ލޯބިވެރިންގެ މެދުގައި އެންމެ "ރޮމޭންޓިކް" ރިސޯޓުތަކެވެ. ރާއްޖޭގެ އެންމެ "ރޮމޭންޓިކް" ރިސޯޓު ތަކެވެ.

ބަރޮސް އައިލެންޑް ރިސޯޓަކީ ދާދިފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ ފުރިހަމަ ރިސޯޓުގެ ލިސްޓުގައި ހިމެނުނު ރިސޯޓެކެވެ. މުޅި ދުނިޔެއިން ހޮވައިލި އެންމެ ފުރިހަމަ 50 ރިސޯޓުގެކުރީގައި އޮތް މި ރިސޯޓަށް "މޮސްޓް ރޮމޭންޓިކް" ރިސޯޓުގެ އެވޯޑު ލިބިފައިވެ އެވެ. ލަކުޑިން ހަދާފައިވާ 30 ވިލާ ހުރި، މި ފުރިހަމަ ރިސޯޓަކީ ފަހަރުގައި ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ރިސޯޓަށް ވެސް ވެދާނެ އެވެ.

"ނޯ ނިއުސް، ނޯ ޝޫޒް" ސްލޯ ގަނެއްގެ ގޮތުގައި ބޭނުންކުރާ ސޮނޭވާފު ރިސޯޓަކީ ލޯބިވެރިންގެ މެދުގައި މަގުބޫލު ރިސޯޓެވެ. ގުދުރަތީ މުއްސަނދިކަން ނުގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ކުންފުނަދޫގައި 65 ވިލާ ހުންނައިރު، މި ރިސޯޓަކީ ބޭރުގެ މަހުޖަނުންގެ މެދުގައި ވެސް މަގުބޫލު ރިސޯޓެވެ.

އަންނައުނާއި ފައިވާން އަދި މި ނޫން ވެސް "ލަގްޒަރީ" ގިނަ ސާމާނު އުފައްދާ "ޝެވަލް ބްލޭންކް" ބްރޭންޑުގެ މި ރިސޯޓަކީ ވެސް ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން، ސީޕްލޭންގައި 40 މިނެޓުން ދެވޭ ރާސްތާގައި ނ. އަތޮޅުގައި އޮންނަ މި ހިތްގައިމު ރިސޯޓުގައި 45 ވިލާ ހުންނައިރު މި ރިސޯޓަކީ މަޝްހޫރު ބްރޭންޑެކެވެ.

އިންޑިޔާގެ ތާޖު ކުންފުންޏަށް ނިސްބަތްވާ މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާއަކީ "އެގްޒޮޓިކާ އެކްސްޕީރިއަންސް" ކުރުމަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓުގެ "ޖީވާ ގްރޭންޑް ސްޕާ"އަކީ މަގުބޫލު ތަނެކެވެ.

މި ރިސޯޓުގެ ވޯޓާވިލާތަކުގެ ފްލޯ ބިއްލޫރިން ހަދާފައިވުމަކީ ރިސޯޓުގެ ރޮމޭންޓިކް ސިފަ ދައްކުވައިދޭ ކަމެކެވެ. ފެސްދޫގައި ތަރައްގީކޮށްފައިވާ 78 ކޮޓަރިއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަންތަނެވެ.

އައްޑު އަތޮޅުގައި ހަދާފައިވާ މި ހިތްގައިމު ރިސޯޓަކީ ގިނަ ބައެއްގެ ހިތް ދަމައިގެންފައިވާ ރިސޯޓެކެވެ. ގިނަ އަދަދެއްގެ ދިވެހި ރުށް ހުންނަ މި ރީތި ރިސޯޓުގައި 132 ވިލާ ހުރެ އެވެ.

މާލެ އަތޮޅުގައި 48 ކޮޓަރިއާއެކު ހުޅުވާފައިވާ ބެންޔަންޓްރީ ވަށްބިން ފަރު ރިސޯޓަކީ ތިމާވެއްޓަށް ޝައުގުވެރިކަން ހުންނަ ޓޫރިސްޓުންގެ މެދުގައި ޝައުގުވެރިކަން ހުންނަ މި ރިސޯޓަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މެރިން ލެބް ހުރި ރިސޯޓެކެވެ. މި ރިސޯޓް މަގުބޫލުވެފައިވަނީ، މި ރިސޯޓުގައި ވާ ހިތްގައިމު މުރަކައިގެ ބަގީޗާގެ ސަބަބުންނެވެ.

ދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ނިޔާމަ ރިސޯޓަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހިތްގައިމު އެއް ރިސޯޓެވެ. މި ރިސޯޓުގެ މޫދު އަޑީގައި ހަދާފައިވާ ހިތްގައިމު ރެސްޓޯރެންޓަކީ ޓޫރިސްޓުން އެންމެ ހިތް ކިޔާ އެއް ތަނެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކަކީ ވެސް އެ ރިސޯޓުގެ ޒާތުގައި ފުރިހަމަ ރިސޯޓެވެ. ބައެއް ރިސޯޓުތައް "ރޮމޭންޓިކް" ވަނީ ހިތްގައިމު މޫދުންނެވެ. އަނެއްބައި ރިސޯޓުގެ ފުރިހަމަކަން އިތުރުވަނީ ރިސޯޓު ފަރުމާކޮށްފައިވާ ގޮތުންނެވެ.