ކުޅިވަރު

ބޭލްއަށް ބޭއިހުތިރާމެއް ނުކުރަން: ޒިދާން

ޒިދާން
0%
0%
0%

ގެރެތު ބޭލްއަށް ބޭއިހުތިރާމް ނުކުރާ ކަމަށާއި، ނަމަވެސް ބޭލް ހުރީ ކުޅެން ތައްޔާރުވެފައި ނޫންކަން ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ކެނަޑާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓްރެއިނިންގެ ތެރެއިން ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޒިދާން ބުނީ އޭނާއަށް ރަނގަޅީ މާދަމާ ވެސް ބޭލް ރެއާލް ދޫކޮށްލުން ކަމަށެވެ. އެ މެޗުގައި ސްކޮޑުން ބޭލްއަށް ފުރުސަތު ނުދެ އެވެ.

ޕްރީ ސީޒަންގައި، މިރޭ އާސެނަލްއާ ދެކޮޅަށް އެމެރިކާގެ ވޮޝިންޓަންގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޒިދާން ވާހަކަ ދެއްކީ ބޭލްއަށް ބޭއިހުތިރާމް ލިބޭ ގޮތަށް ކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ޒިދާން ބުނީ އޭނާ ބޭލްއަށް ބޭއިހުތިރާމް ނުކުރާ ކަމަށެވެ.

"އެއްވެސް މީހަކަށް އަހަރެން ބޭއިހުތިރާމެއް ނުކުރަން،" ޒިދާން ބުންޏެވެ. "ކުލަބުން ދަނީ އޭނާގެ ޓްރާންސްފާއަށް މަސައްކަތް ކުރަމުން."

"ކުރީ ދުވަހު ގެރެތު [ބޭލް] ނުކުޅުނީ އޭނާ ކުޅެން ބޭނުން ނުވުމުން،" ބަޔާން މެޗުގައި ބޭލްއަށް ފުރުސަތު ނުދޭން ނިންމި ނިންމުމަށް އިޝާރާތްކޮށް ޒިދާން ބުންޏެވެ. "އޭނާ ބުނި ކުލަބުން އޭނާ އެހެން ކުލަބަކަށް ދޫކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް، އެހެންވެ އޭނާ ކުޅެން ބޭނުން ނުވާ ކަމަށް"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345