ދުނިޔެ

ހޮރޮމުޒް ކަނޑުއޮޅި ބަލަހައްޓަން ގައުމުތަކާ މަޝްވަރާކުރާނަން: ހަންޓް

އިރާނުގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ހޮރުމުޒް ކަނޑުއޮޅީގެ ސަރަހައްދު ބަލަހައްޓަން ޔޫރަޕްގެ ގައުމުތަކާއި މަޝްވަރާކު ރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖާމީ ހަންޓް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓުމާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކާއެކު ކުރިއަށް ދިޔަ އެމެޖެންސީ ބައްދަލުވުމުން ނިންމާލުމަށް ފަހު ހަންޓް ވިދާޅުވީ، ބައިނަލް އަގްވާމީ ކަނޑު ދަތުރު ކުރުމުގެ ގަވާއިދުގެ ދަށުން ހޮރުމުޒް ކަނޑުއޮޅީން ދަތުރު ކުރާ ބޯޓުތައް ހިފެހެއްޓުމާއި ބޯޓުތައް ދަތުރު ކުރަން އިރާނަށް ހުރަސް ނޭޅޭނެ ކަމަށެވެ. ހަންޓް ވިދާޅުވީ މިހާރު އިރާނުން އެކުރާ ކަމަކީ ސަރުކާރުން ވާގިވެރިވެގެން ހިންގާ ޕައިރެސީގެ އަމަލެއް ކަމަށެވެ.

ޔޫރަޕުގެ ގައުމުތަކާއއެކު ދިޔަ އެމަޖެންސީ ބައްދަލުވުމަށްފަހު، ހަންޓް ވަނީ އިނގިރޭސިވިލާތުގެ ޓޭންކަރާއި އެއިން ދަތުރު ކުރަމުންދިޔަ މީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. ނަމަވެސް އިރާނުން ޓޭންކަރާއި އެއިން ދަތުރުކުރި މީހަކު ދޫކޮށްލާން އެއްބަހެއް އަދި އެވެ. ޓޭންކަރުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.