ދުނިޔެ

އީރާނުން ބޯޓުތައް މޮނީޓާ ކުރަން ފަށައިފި

ގަލްފު ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އެމެރިކާއާއި އެމެރިކާ ކޯލިޝަންގައި ހިމެނޭ ގައުމުތަކުގެ ބޯޓުތައް މޯނިޓާ ކުރުމުގެ މަސައްކަތް ފަށައި ކުރިއަށް ގެންދާ ކަމަށް އިރާންގެ ނޭވީގެ ވެރިޔާ ރެއާ އެޑްމިރަލް ހޮސެއިން ހަޒާންދީ ވިދާޅުވެއްޖެ އެވެ.

ހަޒާންދީ ވިދާޅުވީ، އެމެރިކާގެ ބޯޓުތައް މޮނީޓާ ކުރުމުގެ މަސައްކަތުގެ ތެރެއިން ގަލްފު ސަރަހައްދުން ދަތުރުކުރާ އެމެރިކާގެ ބޯޓުތަކުގެ ފޮޓޯ ނަގައި ވީޑިއޯ ކުރަމުންދާ ކަމަށާއި ގަލްފު ކަނޑު ހުރަސް ކުރަންދެން ބޯޓުތަކުން ހަރަކާތްތެރިވާ ގޮތުގެ ފުރިހަމަ މައުލޫމާތު އެއްކޮށް އާކައިވް ކުރާނެ ކަމަށެވެ.

"ދުޝްމަނުންގެ ހުރިހާ ބޯޓުތަކެއް މިދަނީ ވަކި ވަކިން މޮނީޓާ ކުރަމުން، ވީޑިއޯ އަދި ފޮޓޯ ނަގައިގެން ހުރިހާ ހަރަކާތެއް އާކައިވް ވެސް ކުރާނެ" ހަޒަންދީ ވިދާޅުވި އެވެ.

ބޯޓުތައް މޮނިޓާ ކުރުމުގެ މަސައްކަތުގައި އިރާންގެ އެކުވެރި ގައުމުތަށް ވެސް ބައިވެރިވާނެ އެވެ. އެއީ ކޮން ގައުމުތަކެއް ކަމެއް ހަޒަންދީ ވިދާޅެއްނުވެ އެވެ.