އޮފްބީޓް

ބޮޓްލްކެޕް ޗެލެންޖް ހަދައިފިންތަ؟

ސޯޝަލް މީޑިއާގައި ތަފާތު އެކި އެކި ކަންކަން ވަރިރަލްވާ އިރު ތަފާތު އެކި އެކި ޗެލެންޖްތަށް ވެސް ވައިރަލް ވެގެން ދެއެވެ. މީގެ ކުރިން "ބޮޓްލްފްލިޕް" ޗެލެންޖް ފުރާވަރުގެ ކުދިންގެ މެދުގައި މަގުބޫލުވިއިރު ހޮލީވުޑް ސެލެބިރިޓީންގެ މެދުގައި "އައިސްބަކެޓް" ޗެލެންޖް ވެސް ވައިރަލް ވެގެން ދިޔަ އެވެ.

މިފަހަރު ވައިރަލް ވެގެން މިއުޅެނީ "ބޮޓްލްކެޕް" ޗެލެންޖެކެވެ. މި ޗެލެންޖް ވައިރަލްވެފައި ވަނީ ކަޒަކްސްތާންގެ ޓެކެވެންޑޯ އިންސްޓްރަކްޓަރެއް ކަމުގައިވާ ފަރަބީ ޑެވެލްޓްޝިން ފުޅިއެއްގައި "ރައުންޑްހައުސް" ކިކެއް ޖަހާ ފުޅީގެ މަތި ނައްޓާލާ ފޮޓޯއެއް އިންސްޓަގްރާމަށް ލައި އެހެން މީހުން ވެސް ޗެލެންޖް ކުރި ހިސާބުންނެވެ.

ރައުންޑްހައުސް ކިކެއް ޖަހަން މި ޖެހެނީ ދޫކޮށްލާފައި ފުޅިއެއްގެ މަތީގައި ބައިންދާފައި އިންނަ މަތިގަނޑެއްގަ އެވެ. މި ގޮތަށް ކިކް ޖަހާއިރު ފުޅި ވައްޓާ ނުލައި މަތީގައި ފައިން ޖަހާ މަތިގަނޑު ވައްޓާލަންވީ އެވެ. އެހެން ޗެލެންޖްތަކާއި ތަފާތު މި ޗެލެންޖްގައި މީހާގެ ފިޓްނަސް މުހިއްމު ރޯލެއް ކުޅެއެވެ.

މި ޗެލެންޖް ފެށީ ފަރަަބީ

ސެލެބްރިޓީން މެދުގައިވެސް މި ޗެލެންޖް އަންނަނީ މަގުބޫލުވަމުންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން މޭޔާވެސް މި ޗެލެންޖްގައި ބައިވެރިވެ ފޮޓޯ ހިއްސާކޮށްފައި ވެއެވެ. ފިޓްނަސް ދާއިރާގައި މަސައްކަތްކުރާ ދިވެހިން މެދުގައި ވެސް މި ޗެލެންޖް ފުރިހަމަ ކުރާ ފޮޓޯ އިންސްޓަގްރާމްގައި ޝެއާ އެބަ ކުރެ އެވެ. އަދި ބައެއް މީހުން މި ޗެލެންޖްގައި ބައިވެރިވެ ފެއިލްވާ ވީޑިއޯތަށް ހިއްސާ ކުރެ އެވެ.

ޖޯން މޭޔަރ ބޮޓްލް ޓޮޕް ޗެލެންޖް ހަދަނީ