ހަބަރު

ކުޑަ ކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި

ލ. އަތޮޅު ރަށެއްގައި 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފިިރިހެނަކު ހައްޔަރުކޮށްފި އެވެ

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ރޭ 6:30 ހާއިރު 51 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.

މި ފަހަަކަށް އައިސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. މި މަހުގެ 13 ވަނަ ދުވަހު ވަނީ 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 21 އަހަރުގެ ޒުވާނަކު ވެސް ހައްޔަރުކޮށްފަ އެވެ.