ފޮރިން މިނިސްޓްރީ

ވިސާއާ ނުލާ ދިވެހިންނަށް ރަޝިއާއަށް ދެވޭ ގޮތް ހަދައިފި

ވިސާއާ ނުލައި ދިވެހިންނަށް ރަޝިއާ އަށް ދެވޭ އުސޫލަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރަޝިއާއި ރާއްޖެ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މީހުނަށް ވެސް 90 ދުވަހުގެ އޮން އެރިވަލް ވިސޭ ލިބޭނެ ކަމަށެވެ. ދިވެހިންނަށް ރަޝިއާ އިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރަޝިއާގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް އެވެ. ދިވެހިންނަށް ވިސާއާ ނުލައި ރަޝިއާއަށް ދެވޭ އުސޫލަށް އަމަލު ކުރަން ފެށި އިރު އެ ފަސޭހަކަން އެންމެ ފަހުން ހޯދައި ދިނީ ތައިލެންޑަށެވެ.

ރާއްޖެއާ ރަޝިއާ ދެމެދު އޮން އެރިވަލް ވިސާއެއް އެއްގައި ސޮއިކުރަން މިދިޔަ މަހު ފޮރިން މިނިސްޓްރީން ނިންމީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަޑށް ވަރުގަދަ ކުރުމުގެ ގޮތުންނާއި، ރަޝިއާއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތައް އިތުރުކުރުމާއި، ޓޫރިޒަމްގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ ބޭނުމުގަ އެވެ.