ބޭންކް އޮފް މޯލްޑިވްސް

ތުޅާދޫ އާއި މާވަށަށް ސެލްފް ސާވިސް ބޭންކިން

Jul 25, 2019
1

ބޭންކް އޮފް މޯލްޑިވްސްެ (ބީއެމްއެލް) އިން ބ. ތުޅާދޫ އަދި ލ. މާވަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ބޭނުންކުން ބުނީ މި ޚިދުމަތް މެދުވެރިކޮށް މިހާރު އާންމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު އެ ދެ ރަށުން ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ތުޅާދޫ އާއި މާވަަށުގެ ރައްޔިތުންނަށް ސެލްފްސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ބޭންކިން ޚިދުމަތް ފޯރުކޮށްދެވޭ ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ މުޅި ރާއްޖެ އަށް ބޭންކިން ޚިދުމަތް ފުޅާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް." އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 45 ސެލްފްސާވިސް ބޭންކިން ސެންޓަރު 107 އޭޓީއެމް، 5400 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިން ޚިދުމަތް ބީއެމްއެލް އިން ދެއެވެ.