މިނިވަން ދުވަސް

ފުށިފަރު ރިސޯޓުގައި ގެސްޓުންނާއެކު މިނިވަން ދުވަސް

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ފަރާތްތަކުން ތަފާތު ހަރަކާތްތަކެއް ހިންގަ އެވެ. ބައެއް ފަރާތްތަކުން ތަފާތު ދިވެހި ކުޅިވަރުތައް ކުޅެ އެވެ. ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޅ. ފުރިފަރު ރިސޯޓުން ވެސް ވަނީ ހާއްސަ ހަރަކާތްތަކެއް ފަށާފަ އެވެ. މިނިވަން ދުވަހު މުޅި ފުށިފަރު ވެސް ފެނިގެންދާނީ ދިވެހި ވަންތަ ގޮތަށެވެ.

ދިވެހި ކުންފުންޏެއް ކަމަަށްވާ މުނި އެންޓަޕްރައިޒަސްގެ ފުށިފަރު އިންވެސްޓްމަންޓުން ހިންގާ ފުށިފަރު ރިސޯޓުގައި މިނިވަން ދުވަސް ފެށިގެން ދާނީ ގައުމީ ދިދަ ނެގުމާއި މިނިވަން ދުވަހުގެ އުފަލުގައި ކޭކު ފެޅުމުންނެވެ. މި ހުރިހާ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބޭނެ އެވެ. މީގެ އިތުރުން މިއަދު އެ ރިސޯޓުގެ އެގްރިކަލްޗަރު ސެންޓަރުގައި ތަފާތު ކަންތައްތަކެއް އޮންނާނެ އެވެ. މީގެތެރޭގައި ގެސްޓުން ވެސް ބައިވެރިކޮށްގެން ބާއްވާ ކާށިއެހުމާއި ހުނި ގޭނުން ފަދަ އިހުގެ މަސައްކަތްތައް ދައްކާލުން ވެސް ހިމެނެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިންގެ ހާއްސަ ކެއުންތައް ހިމެނޭ "މަލާފަތެއް" މިރޭ އޮންނާނެ އެވެ. ރޭގަނޑުގެ ކެއުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ހާއްސަ ޖާފަތުގައި ދިވެހިން އެންމެ އިހުޒަމާނުގައި ކާން ބޭނުންކުރި ބާވަތްތައް ހިމެނޭނެ އެވެ. މި މަލާފަތް އޮންނާނީ އެ ރިސޯޓުގެ "ކޮރަކަލި" ރެސްޓޯރެންޓުގަ އެވެ. މީގެ އިތުރުން މިރޭ ރިސޯޓުގައި ބޮޑު ބެރު ޖެހުންމާއެކު ސަގާފީ ކުޅިވަރުތައް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންނަށް ފޭސް ޕެއިންޓިން ފަދަ ކުދިން ޝައުގުވެރި ކުރުވާ އައިޓަމްތައް ވެސް ކުރިއަށްދާނެ އެވެ.

މި މަލާފަތް އޮންނާނީ އެ ރިސޯޓުގެ "ކޮރަކަލި" ރެސްޓޯރެންޓުގަ އެވެ. މީގެ އިތުރުން މިރޭ ރިސޯޓުގައި ބޮޑު ބެރު ޖެހުންމާއެކު ސަގާފީ ކުޅިވަރުތައް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންނަށް ފޭސް ޕެއިންޓިން ފަދަ ކުދިން ޝައުގުވެރި ކުރުވާ އައިޓަމްތައް ވެސް ކުރިއަށްދާނެ އެވެ.

ފުށިފަރު ރިސޯޓަކީ ދިވެހިގެ ކުރީގެ ސަގާފީ ގިނަ ހަރަކާތްތަކެއް ދިރުވަން ގިނަ މަސައްކަތްތަކެއް ކުރާ ރިސޯޓެވެ. މި ރިސޯޓަށް ޓޫރިސްޓް މީހާ އެރައިވް ވާ ހިސާބުން ސަންގު ފުމުން އޮވެ އެވެ. އަދި މި ރަށަށް އަންނަ ޓޫރިސްޓުންނަށް ދިވެހިން އެންމެ އިހު ޒަމާނުގައި ކުރި މަސައްކަތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބެ އެވެ. މިކަންވަނީ ޓޫރިސްޓުނަށް ތަފާތު ތަޖުރިބާ އަކަށެވެ. އަދި ރާއްޖޭގެ ހަގީގީ އިހުސާސް އެމީހުންނަށް ގެނުވާ ކަމަށެވެ.

ފުށިފަރު ރިސޯޓުގައި 49 މޫދު ކޮޓަރި ހުންނައިރު ރިސޯޓުގެ ވިލާ ތަކަށް ނަން ދީފައިވަނީ ހުންނަނީ ދިވެހިން ނަންތަކެވެ. މި ރިސޯޓުގައި "މާކަނޑު" ގެ ނަމުން ނަން ދީފައިވާ ވިލާއަކާއި "އެތެރެވަރި" އަދި "ކަނޑު އޮއެ" ގެ ނަން ދީފައިވާ ވިލާ އެއް ވެސް ހުރެ އެވެ. މީގެ އިތުރުން، ފުށިފަރުގައި 18 ބީޗު ވިލާ ޕްރައިވެޓް ޕޫލާއެކު ހުންނައިރު، 26 ބީޗު ވިލާ އާއި ފަސް ވޯޓާ ވިލާ ވެސް ހަދާފައިވެ އެވެ.