ކުޅިވަރު

ސައުދީ ބަލިކޮށް ބޫޓާން ފައިނަލަށް

ލަނޑު ޖެހުމަށް ފަހު ބޫޓާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އެފްއޭއެމް
0%
0%
0%

ރާއްޖޭ މިހާރު ކުރިއަށްދާ ޔޫއެފާ 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ސައުދީ އަރަބިއާ ބަލިކޮށް ބޫޓާން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާއިން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ލީޑް ނަގާފައި ވަނިކޮށް ބޫޓާންއިން މެޗު ކާމިޔާބު ކުރީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން 2-1 ންނެވެ.

މުބާރާތުގެ ކުރިން، ފޭވަރިޓުންގެ ގޮތުގައި އޮތް ސައުދީ ބަލި ކުރުމުން، މިއީ ބޫޓާންގެ ޒުވާން ޓީމަށް ލިބުނު އާދަޔާހިލާފު ކާމިޔާބެކެވެ. ފައިނަލަށް ދާނެ ކަމަށް ކުރިން ބެލެވުނީ ލެޓްވިއާ އާއި ސައުދީ އެވެ. އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ސައުދީ ބޫޓާން އަތުން ބަލިވުމަކީ އެ ޓީމަށް ކުރިމަތިވާނެ ބޮޑު ނާކާމިޔާބެކެވެ.

ބޫޓާން އާއި ސައުދީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ސައުދީގެ ފުރަތަމަ ލަނޑު، އެ ޓީމުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ނުވަ ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު މޫސާ ޝަރާހްލީ އެވެ.

ބޫޓާން މެޗު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި ޔޮއެޒަންގް ރަބްގޭ އެވެ. އެ ޓީމު މެޗުން މޮޅުކޮށްދިން ލަނޑު ޖަގްމީ ނަގްމަޔެލް ކާމިޔާބު ކުރީ 59 ވަނަ މިނެޓްގަ އެވެ.

އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުގައި، ބޫޓާން އާ ދެކޮޅަށް ވާދަ ކުރާނީ ލެޓްވިއާ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ލެޓްވިއާ ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345