ބޮލީވުޑް

އަކްޝޭގެ އާ ފިލްމަކީ "ބަޗަން ޕާންޑޭ"

ބޮލީވުޑުގެ ތަރި އަކްޝޭ ކުމާރުގެ އަންނަ އަހަރަށް ހުރި ފިލްމުތަކުގެ ލިސްޓަށް މިހާރު ވަނީ އާ ފިލްމެއް އިތުރު ކޮށްފަ އެވެ. މި ފިލްމުގެ ނަމާއި ޕޯސްޓަރު ވެސް ވަނީ އެންމެންނަށް ދައްކާލައިފި އެވެ.

އަކްޝޭ އިިއްޔެ ކުރި ޓްވީޓެއްގަައި ވަނީ މި ފިލްމުގެ ނަމަކީ "ބަޗަން ޕާންޑޭ" ކަމަށް ބުނެފަ އެވެ. ސާޖިދް ނާޑިއަވާލާ ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓު ކުރަނީ ފަރްހާދު ސަމްޖީ އެވެ.

އަކްޝޭގެ ޓްވީޓު --

އަަކްޝޭ އެންމެ ފަހުން ނިންމާފަައިވާ ޕްރޮޖެކްޓަކީ ފިލްމު "ގުޑް ނިއުސް" އެވެެ. ކަރީނާ ކޯ ސްޓާރަަކަށް ކުޅުނު މި ފިލްމު މި އަަހަރު ފަހުކޮޅު ދައްކާނެ އެވެ. މިހާރު ޝޫޓް ކުރަމުން ދަނީ ރޯހިތު ޝެޓީގެ ފިލްމު "ސޫރްޔަވަންޝީ" އަށެވެ.

މި ފިލްމުގައި އަކްޝޭ އާއެކު ފެންނާނީ ކެޓްރީނާ އެވެ. މީގެ އިތުރުން ވެސް ކިއާރާ އަަދްވާނީ އާއެކު "ލަކްސްމީ ބޯމްބް" ގެ މަސައްކަތް މިހާރު ވެސަް ދަނީ ކުރަމުންނެވެ. ފިލްްމުތަކުގެ އިތުރުން ވެބް ސީރީޒް އެއްގެ މަސައްކަތް ކުރާ ކަމަށް ހަބަރުތަކުން ބުނެ އެވެ.

އަކްޝޭ އެންމެ އަވަހަށް ބެލުންތެރިންނަށް ސިނަމާއިން ފެންނާނީ އަންނަ މަހު 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އިންނެވެ. މި ފިލްމުގައި އަަކްޝޭ އާއެކު ވިދްޔާ ބާލަން، ތާޕްސީ ޕަންނޫ އަދި ސޮނާކްޝީ ސިންހާ ވެސް ފެންނާނެ އެވެ. މިއީ