ލައިފްސްޓައިލް

ހުރިހާ ހުށަހެޅުމަކުން ގައުމީ ލޯބި!

މިނިވަން ކަމަށް 54 އަހަރު ފުރުުން ފާހަގަ ކުރަން ރޭ ގަަލޮޅު ދަނޑު އެއްކޮށް ދިއްލާލި އެވެ. ދަނޑުގައި ރޭ ބޭއްވި ހެވިކަމާއި ކުޅިިވަރުގެ ހަރަކާތްތައް ބަލަން ދަނޑަށް ވަނީ ހަމަ އެކަނި ކުޅިވަރުތަކުގައި ބައިވެރިވި ކުދިންގެ ބެލެނިވެރިން އެކަންޏެއް ނޫނެވެ. ގައުމީ ހެދުންތަަކުގައި ދަނޑަށް ވަންް ކޮންމެ މީހެއްގެ ހިތުގައި އޮތް ގައުމީ ލޯބީގެ އަޑު ގަދަވީ ކުޅިވަރުތަކާއި ހަރަކާތްތައް ފެށުމާއެކު އެވެ.

ކުޅިވަރުތައް ފެށީ ސިފަައިންނާއި ސްކޫލްތަކުގެ ޝަރަފުގެ ހިނގާލުމުންނެވެ. މުޅި ދަނޑު އަނދިރި ކޮށްލުމަށްފަަހު ދަނޑުގައި ތިބި އެންމެންނަށް ދައްކާލި ލެޑް ލައިޓުގެ ލޭޒާ ޝޯ އަކާއެކު އެންމެންނަށް މަރުހަބާ ކިޔެވެ. ގަލޮޅު ދަނޑު ކައިރީ ހުރި ގެޔެއްގެ ފާރަށް އެޅުވި ލޭޒާ ލައިޓުތަކުން ދައްކައި ދިނީ ދިވެހިރާއްޖެ އެވެ.

ރާއްްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ އިމާރާތްތައް ފަހަރަކު ލައިޓަކުން ފަވަމުން ދިޔަ ވަރަކަށް ދަނޑުގައި ތިބި އެންމެންވެސް އެކަމުގައި ބައިވެރިވި އެވެ. ދިވެހިންގެ އެންމެ ޝަރަފުވެރި އެއް ބިނާ ކަމުގައި ދެކޭ އިސްލާމީ މަރުކަޒާއި، މުލިއާގެ، ރައްޔިތުންގެ މަޖިލިސް އަދި ރާއްޖޭގެ ޗާޓާއެކު ދިވެހި ގައުމީ ދިދަ ނެގީވެސް ލައިޓުތަކުންނެވެ. އެއާއެކު، "ވީ ލިވްް، ވީ ލަވްް، ޓްގެދާ" އަހަރުމެންނަކީ ދިވެހިން ކަމާއި މިނިވަންދުވަހުގެ ތަހުނިޔާ އެންމެންނަށް އަރިސް ކުރާކަން ލައިޓުތަކުން ފަވާލީ ދިވެހިންނަކީ އެއްބައެއްވަންތަ އެއްބައެއްކަން ބުނެދެމުންނެވެ.

ރޭގެ ރަަސްމިއްޔާތު ފެށި ލޭޒާ ޝޯ އާއެކު މި އަހަރުގެ ކުޅިވަރުތައް ބޭއްވީ ގައުމަށްޓަކައި ކާބަފައިން ވީ ގުރުބާނީ އާއި ދިވެހިންގެ ތާރީހާއި ސަގާފަތާއި އެއްބައިވަންތަކަން ދައްކުވައިދޭ ތީމުތަކަކަށެވެ. ދިވެހި ގައުމު މިނިވަންކަންމަތީ ދެމި އޮންނާނީ ގައުމަށްޓަކައި ގުރުބާންވީ ބަތަލުންގެ އަގުވަޒަންކޮށްގެންކަން ހަނދާންކޮށްދިނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުންނެވެ. ދިވެހިންނަކީ މިނިވަން ބައެއް ކަމާއި ހުރިހާ ގޮތަކުންވެސް މިނިވަންކަން ހޯދައިދިން ކޮންމެ ބަތަލެއް ވަނީ މި ސްކޫލްގެ ދަރިވަރުން ދައްކާލާފަަ އެވެ.

ރާއްޖެ ދިފާއުކުރެއްވި އަަލިރަސްގެފާނާއި، އުތީމު ތިން ބެއިންނާއި ހާޖީ ދަންޑަހެލުގެ ވާހަކަވެސް މި ހަރަކާތުގައި ބުނެދިނެވެ. އަދި، ދޮންބަންޑާރައިން ވީ ޖިހާދާއި ނޮވެމްބަރު، 3، ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ގައުމު ދިފާއުކޮށްދިނުމުގައި ޝަހީދުވީ ޝަހީދު ހުސައިން އާދަަމްްގެ ހަނދާން އާކޮށްދިނެވެ.

ރޭގެ ކޮންމެ ހަރަކާތަކުންވެސް ދައްކުވައިދިނީ ދިވެހިން މިއަދު މި ދެކޭ މިނިވަންކަން ހޯދައިދިނުމަށް ކޮށްފަައިވާ މަސައްކަތެވެ. އަދި މިނިވަންކަން ދެމި އޮތީ އިސްލާމްދީނާއި ގައުމިއްޔަތުގެ ވަރުގަދަ ކަމުންްކަން ބުނެދިނެވެ. ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ ތިއެޓްރިކަލް ހުށަހެޅުމުންވެސް ދައްކުވައިދިނީ ކޮންމެ އުނދަަގޫ ހާލަތެއްގައި ވެސް ދިވެހިން ދަައްކާ އެއްބައިވަންތަކަމާއި ގައުމީ ލޯތްބެވެ. ތާރީހާއި ގުޅިފަައިވާ އެއްބައިވަންތަކަމުގެ ރީތި މިސާލުތައް ކުޅިވަރުތަކުން ފެނުނެވެ. މީގެ އަހަރުތަކެއް ކުރިން ދިވެހިން އުޅެމުން އައި ސާދާ ދިރިއުޅުމާއި އޭރުުގެ މާހައުލު، މިހާރުގެ ކުދިންނަށް ވިލާ ހައި ސްކޫލް ކުދިންގެ ހަރަކާތުގައި ދެއްކި އެވެ. ރަައިވަރާއި ޅެމުން އެކަކު އަނެކަކާ ދެއްކި ސަމާސާ ވާހަކަތަކުން ދަނޑުގައި ތިބި އެންމެންވެސް ހެއްވާލިި އެވެ.

މި ހަރަކާތްތައް ފުރިހަމަކޮށްދިނީ އެންމެންޑީއެފްގެ ވަރުގަދަ ހުށަހެޅުމުންނެވެ. އެމްްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭ އިން ފެށި ފައި ހަމަކުރުންތަކާއި ކޮޅުކޮޅަށް އެއްލި ބަޑިތަކުން ދެން ފެނުނީ ޕައިޕްތަކެއް ހިފައިގެން ދަނޑަށް ވަދެގެން އައި އަަންހެން ކުދިންތައް ކުޅުނު ރީތި ރާގެކެވެ. ލަވަ ނުކިއެއް ކަމުގައި ވިޔަސް އެ ރާގު ވެގެންދިޔައީ ދަނޑުގައި އިން ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް އެ ރާގުގެ އަސްލު ލަވަ ކިޔުނު ވަގުތުކޮޅަކަށެވެ.

ހޯރަފުށީ ފަރީދާ މުހައްމަދު ފުޅު ކިޔާފައިވާ "ގައުމަށް މިއަދު އަލިކޮށްލި ރީތި ނިޝާނާ، ގައުމީ ޒައީމުން ދެއްވި މާތްވި ހަނދާނާ"ގެ ރާގު އަވަސް ބީޓަކަށް ކުޅެލީ ދަނޑުގައި ކުޅިވަރުތައް ބަލަން ތިބި ހުރިހާ ދިވެހިންގެ ހިިތާވެސް ކުޅެލަމުންނެވެ. އެއާއެކު ފެނުނީ ހަރަކާތުގެ އެންމެ ހާއްސަ ވަގުތުކޮޅެވެ.

ޑްރިލް ޑިސްޕްލޭގައި ތިބި ފުލުހުން ހުއްޓުނީ، ގަޑީގެ ކަށި ގޮވާ އަޑާއެކު 10:20 އަަށެވެ. ގަޑީގެ ކަށި ހުއްޓުނު ވަގުތު ކޮޅާއެކު މިނިވަންކަމުގެ ލިޔުމުގައި ސޮއި ކުރެއްވި ފޮޓޯ ސްކްރީނުން ދައްކާލާ ދިވެހި ދިދަ ނެގުނެވެ. އަދި ގައުމީ ސަލާމާއެކު ބަޑި ބޭހުގެ ކުޑަ ހަރަކާތެއް ދައްކާލި އެވެ.

ރޭގެ ހަފްލާ ނިންމާލީ ރާއްޖެ އަށް މިނިވަންކަން ގެނެސްދިން ކޮންމެ ބަތޮލެއްގެ ޒިކުރާ އާކުރަމުންނެވެ. އަދި، ދިވެހިންގެ އެއްބައިވަންތަކަމާއި މިނިވަންކަން ގެނައުމަށް ވީ ގުރުބާނީގެ ހަނދާންތައް އާ ކުރަމުންނެވެ.