މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ މާލޭ މަގުތަކަށް ނެރެ ދައްކާލި ފުޅަނދުބުރުގައި ހިމެނޭ ފުޅަނދުތައް އާންމުކޮށް ދައްކާލުން މިއަދު ހަވީރާއި މިރޭ މާފަންނު ވެލިދަނޑުގައި އޮންނާނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިވަން ދުވަހަށް ތައްޔާރު ކުރި ފުޅަނދުތައް އާއްމުކޮށް ދައްކާލުމާއި ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ފުޅަނދުތައް އާންމުކޮށް ދައްކާލުން އޮންނާނީ މިއަދު ހަވީރާއި މިރޭ މާފަންނު ވެލިދަނޑުގައި ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ފުޅަނދުބުރުތައް ބަލަން ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ޖަމާވި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.