ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ފަރާތުން ވަކީލެއްގެ މައްސަލަ ސުޕްރީމް ކޯޓަށް

އައިޝަތު މުހައްމަދު
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑަ ކުރުމުގެ ދައުވާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވާކާލާތު ކުރައްވާ ވަކީލު، އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުން އައިޝަތު މުހައްމަދުގެ މައްސަލައެއް ހުށަހެޅުއްވީ އެމަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތުގައި މީގެ ކުރިން ބަންދުގެ މުއްދަތު ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާގެ ހައިސިއްޔަތުން ވަޑައިގެން އިތުރުފުޅު ހައްދަވާފައިވާތީ އެވެ.

އެ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިންނަށް ބަޔާން ބަދަލު ކުރަން ރިޝްވަތު ހުށަހަޅާފައިވާ ކަމަށް އައިޝަތު މުހައްދު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިންނަށް ނުފޫޒު ފޯރުވަން ރިޝަތު ދިންކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ދެކުނުގެ ފުވައްމުލަކަށް ނިސްބަތްވާ އެ ވަކީލާ ވިދާޅުވި ކަމަށް ސިޓީގައި ވެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުން ވަނީ ޓީވީތަކުން ލައިވްކޮށްފަ އެވެ. މިއީ ޝަރީއަތުގެ މަޖިލީހެއް ޓީވީތަކުން ދެއްކި ފުރަތަމަ ފަހަރެވެ.

އެ ޝަރީއަތުގައި އެމަނިކުފާނުގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެކަންޏެވެ. ފަނޑިޔާރުންގެ ބެންޗެއްގެ ބަދަލުގައި އެ މައްސަލަ ހަމައެކަނި އެންމެ ފަނޑިޔާރަކު ބައްލަވާތީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345