ވިޔަފާރި

ރަކްތާމް ހޮޓް ވޯޓާ ޕައިޕް ސިސްޓަމް ރެއިންބޯއިން ތައާރަފް ކޮށްފި

ޔޫއޭއީގެ ރަކްތާމް ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ހޮޓްވޯޓާ ޕައިޕް ސިސްޓަމް ރެއިންބޯ އެންޓަޕްރައިސަސް އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ރެއިންބޯއިން ބުނީ، ހޮޓްވޯޓާ ޕައިޕް ސިސްޓަމަކީ، ޖަރުމަނުގެ ޓެކްނެލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ ސިސްޓަމެއް ކަމަށެވެ. ރާއްޖެ އަލަށް ތައާރަފު ކުރި މި ހޮޓްވޯޓާ ޕައިޕް ސިސްޓަމަކީ ގޭގެ އަށާއި ގެސްޓް ހައުސް އަދި ރިސޯޓުތަކަށް އެންމެ އެކަށީގެންވާ ފެންވަރު ރަނގަޅު ސިސްޓަމެއް ކަމަށެވެ.

ރަކްތާމް ކުންފުނީގެ ހޮޓްވޯޓާ ޕައިޕް ސިސްޓަމަކީ ރާއްޖޭގައި ޓެސްޓްކޮށް ކޮންޓެރެކްޓަރުންގެ އިތުބާރު ލިބިފައިވާ ރާއްކާތެރި ސިސްޓަމެއް ކަމަށްވެސް ރެއިންބޯއިން ބުންޏެވެ. ރަކްތާމް

ކުންފުންޏަކީ ދުނިޔޭގެ ނަން މަޝްހޫރު އަދި ހައި އެންޑް ގްލޯބަލް ޕައިޕިން ސިސްޓަމް އުފައްދާ ކުންފުންޏެކެވެ.

ރަކްތާމް ކުންފުނީގެ ހޮޓްވޯޓާ ޕައިޕް ސިސްޓަމް އެކްސްކޫލޫސިވް ކޮށް ރާއްޖޭގައި ވިއްކާނީ ރެއިންބޯ ބިލްޑްވެއާ ފިހާރައިންނެވެ.