މާލޭ ސިޓީ

ވެހިކަލް ނުދުއްވާ ދުވަހެއް ކަނޑައަޅަން މަޝްވަރާ ކުރަނީ

ކޮންމެ މަހެއްގައި ވެސް އެއް ދުވަހު، މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް ކަނޑައަޅަން މަޝްވަރާ ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މީގެ ކުރިން ވެސް ހާއްސަ ދުވަސްތަކާއި ގުޅިގެން ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސެމުން ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ކައުންސިލުން މަސައްކަތް ކުރަނީ، ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަހަކު އެއްދުވަސް ފައިމަގުގައި އުޅޭ ދުވަހެއް ގޮތުގައި ހަމަޖައްސަން ކަމަށެވެ. އަދި ވިދާޅުވީ އެހެން ބައެއް ގައުމުތަކުގައިވެސް ހަފުތާކު ނުވަތަ މަހަކު އެއްފަހަރު ވަކި ދުވަހެއްގައި ވެހިކަލް ދުއްވުން މަނާކުރާ ކަމަށެވެ.