އެމްޑީޕީ

އެމްޑީޕީގެ ކައުންސިލަރުންނަށް ފޯރަމެއް ބާއްވަނީ

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަންނަވާ ފޯރަމެއް އަންނަ އޮގަސްޓު މަހު ބާއްވަން އެ ޕާޓީން މަސައްކަތް ފަށައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ބުނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ފޯރަމެއް ބާއްވަން ނިންމީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަން ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ފޯރަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 300 އަށްވުރެ ގިނަ ލޯކަލް ކައުންސިލަރުންނަށް ދައުވަތު ދީފައިވާނެ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގައި ތިއްބެވި އެ ޕާޓީގެ މެންބަރުންނެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ލޯކަލް ކައުންސިލްތަކުގެ އެމްޑީޕީގެ މެންބަރުންގެ ފޯރަމެއް ބާއްވަން އެ ޕާޓީން ނިންމިއިރު ކައުންސިލްތައް ބާރުވެރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.