ބޮލީވުޑް

"ސްޓްރީޓް ޑާންސާ"ގެ ޝޫޓިން ނިންމާލައިފި

ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ފަހު އަދި ފައިނަލް ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިންމާލިކަން އެންގުމަށް ލީޑު ތަރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ޑާންސް ގްރޫޕްތަކެއްގެ މެދުގައި ހިނގާ ކަންކަން ދައްކުވައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު އަދި ޕްރަބޫ ދޭވާ އެވެ. މުހިއްމު ރޯލުތަކުން ނޯރާ ފަތޭހީ ވެސް ފެންނާނެ އެވެ.

ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ "ސްޓްރީޓް ޑާންސާ" އަކީ 2015 ގައި ނެރުނު ޑާންސް ފިލްމު "އޭބީސީޑީ 2" އަށް ފަހު ވަރުން އާއި ޝްރަދާ އަދި ރެމޯ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ ޕަންޖާބުގެ ސަރަހަައްދުތަކުގަ އާއި ލަންޑަނުގެ އިތުރުން އަބޫދާބީގަ އެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރަން ނިންމީ މި އަހަރު ނޮވެމްބަރު އަށެއްްގަ އެވެ. ތާރީހު ފަސް ކުރުމަށްފަހު އެންމެ ފަހުން ދީފައިވާ ރިލީޒް ޑޭޓް އަކީ އަންނަ އަހަރުގެ ޖެނުއަރީ 24 އެވެ.