ވިޔަފާރި

މިނިވަން 50 ގެ ފުޅަނދު ބުރު: އެންމެ ހިތް ގައިމީ ކޮން ފުޅަނދެއް؟

Jul 29, 2015

މިނިވަން ކަމަށް ބައި ގަރުނު ފުރުމާ ދިމާކޮށް މި އަހަރު 30 އަށް ވުރެ ގިނަ ފުޅަނދު ފެނިގެން ދިޔަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ފުޅަނދުތަކާއި ދިވެހިންގެ އެކި ހުނަރުތައް ފެނިގެންދާ ފުޅަނދުތައް ވެސް ހިމެނެ އެވެ. ފުޅަނދު ބަލަން އެތަށް ހާސްބަޔު މާލޭގެ މަގުތަކަށް ނުކުތެވެ. ބައެއް މީހުންގެ ނަޒަރުގައި މިފަހަރުގެ ފުޅަނދު ބުރު "އެހާ ރީތިޗެއް ނޫނެވެ؟ ނަމަވެސް އަނެއް ބަޔަކުގެ ހިޔާލު ދެކޮޅެވެ. މި އަހަރުގެ ފުޅަނދުތަކުގެ ތެރެއިން އެންމެ ހިތްގައިމީ ކޮން ފުޅަނދެއް ބާއެވެ؟

ތިރީގައި އެވަނީ މި އަހަރު ބައިވެރިވި ފުޅަނދުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ފުޅަނދު ތަކެވެ.

ގިނަ ބައެއްގެ އުންމީދުތައް އެތަނަކާ ގުޅިފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ "މަންޒަރުތައް" ފެންނަ އެޗްޑީސީގެ ފުޅަނދުން ފެނިގެން ދިޔައީ ޒުވާނުންގެ "ހުވަފެނީ ސިޓީ" ހުޅުމާލެ ޔޫތު ސިޓީ އެވެ. މި ފުޅަނދުން ފެނިގެން ދަނީހުޅުމާލޭގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު ހުޅުމާލެ އޮންނާނެ ގޮތާއި އެތަނުން ލިބެން ހުންނާނެ ހިދުމަތްތަކާއި ވަސީލަތް ތަކެވެ.

ކުރީގެ ސެންސަރު ބޯޑު ނުވަތަ މިހާރުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފުޅަނދުން ފެނިގެން ގޮސްފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާ އަށް އައިސްފައިވާ ބަދަލެވެ. މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ފުޅަނދުގައި ރާއްޖޭގެ ބައެއް ފިލްމީތަރިން ވެސް ފެނިގެން ދިޔަ އެވެ. މި ފުޅަނދުން ރާއްޖޭގެ ފިލްމީ ދާއިރާގެ ކުރިއެރުން ފެނިގެން ދިޔަ އެވެ.

ރާއްޖޭގެ ކަރަންޓު ކުންފުނި، "ސްޓެލްކޯ" ގެ ފުޅަނދުން ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއަރައިގެން ގޮސްފައިވާ ގޮތް ވަރަށް ރަނގަޅަން އެނގިގެން ދެ އެވެ. މި ފުޅަނދުގައި ރާއްޖޭގެ އިހު ޒަމާނުގައި ކަރަންޓު ދިނުމަށް ބޭނުންކުރި ގޮތާއި މިހާރު އެކަން ކުރަމުން ގެންދާ ގޮތް އެނގެން ހުރެ އެވެ. އަދި މުސްތަގުބަލުގައި ރާއްޖެ އަށް ކަރަންޓު ދިނުމުގެ ކަންތައް ބައްޓަން ވެގެން ދިއުމުގައި އިޔާދަކުރަނިވި ހަކަތަ މުހިންމު ދައުރެއް ކުޅޭނެކަން ވެސް އެނގިގެންދެ އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފުޅަނދުން ދައްކުވައި ދިނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ވެގެން އައިސްފައިވާ ގޮތާއި ތާޒާކޮށް މަސް ގެންގުޅުމުގެ މުހިންމު ކަމެވެ. އަދި އައިސް އަޅައިގެން މަސް ގެނައުމުން ޔޫރަޕާއި ދުނިޔޭގެ އެކި ހިސާބުތަކުން ރަނގަޅު އަގެއް ލިބިގެންދާނެކަން މި ފުޅަނދުން ދައްކުވައިދިނެވެ.

ފުލުހުންގެ ފުޅަނދުން ދިވެހި ފުލުންގެ ތާރީހު އަންގައިދެ އެވެ. ފުލުހުން އެކި ޒަމާންތަކުގައި ބޭނުންކުރި ޔުނީފޯމްތަކާއި ފުލުހުންގެ ހިދުމަތް ބައްޓަން ވެގެން އައި ގޮތް މި އުޅަނދުން ފެނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އެއް ރިސޯޓް ކަމަށްވާ ބަނޑޮސް އައިލެންޑް ރިސޯޓުގެ ފުޅަނދުން ފެނިގެން ދިޔައީ 1960-2015 އާއި ދެމެދު ރާއްޖޭގެ ވަޒީފާގެ މާހައުލަށް އައިސްފައިވާ ބަދަލެވެ. މި ކުރިން ދިވެހިން ވަޒީފާއަށް ގޮސް އުޅުނުއިރު އަޅައި އުޅުނު ހެދުންތައް ފެނިގެންދިޔަ އެވެ.

ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުގެ ފުޅަނދުން ފެނިގެން ދިޔައީ، ސިފައިންގެ އެކި ޔުނިޓުތަކާއި، ގައުމަށް ދިމާވާ ނުރައްކާތެރި ކޮންމެ ދަނޑިވަޅެއްގައި ވެސް އެކަމަކާ ކުރިމަތިލާން ދިވެހި ސިފައިން ތިބޭނީ ތައްޔާރަށް ކަމެވެ. މި ފުޅަނދުން މުސްތަގުބަލުގައި ދިވެހި ސިފައިނަށް ބޭނުންވާނެ ޒަމާނީ ވަސީލަތްތަކުގެ މޮޑެލްތައް ދައްކާލާފައިވެ އެވެ.

މި އަހަރުގެ މިނިވަން ދުވަހު ދައްކާލި ފުޅަނދުތަކުގެ ތެރެއިން އެންމެ ހިތްގައިމު މަންޒަރުތަކެއް ފެނިގެން ދިޔަ އެއް ފުޅަނދަނީ ފެނަކަ ކޯޕަރޭޝަންގެ ފުޅަނދޭ ބުނެވިދާނެ އެވެ. ފެނަކައިން މި އަހަރު ތިން ފުޅަނދެއް ބައިވެރި ކުރި އެވެ. މި ފުޅަނދުތަކުން ފެނިގެން ދިޔައީ ރާއްޖެއަށް ކަރަންޓު ދިނުމަށް ކުރިން ބޭނުންކުރި ވަސީލަތްތަކާއި އެ ވަސީލަތްތައް ބަދަލު ވެގެން އައި ގޮތެވެ.

ގައުމީ ބޭންކުގެ ފުޅަނދުން ބޭންކުގެ ހިދުމަތް ތަރައްގީ ވެގެން ދިޔަ ގޮތް ފެނިގެން ދިޔަ އެވެ. އަދި އެ ބޭނުންކުން އެންމެ ފަހުން ނެރުނު މޮބައިލް އެޕްގެ ފަސޭހަތައް ދައްކާލަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ބަލަހައްޓާ "އެމްޕީއެލް" ގެ ފުޅަނދުން ދައްކުވައި ދިނީ "އިގްތިސާދީ އުންމީދު ތަކެވެ." ދިގު ވެހިކަލެއްގެ މަތީގައި ހަދާފައިވާ މި ފުޅަނދުގައި "ހުޅުމާލެ ބްރިޖް" ބަހައްޓާފައިވެ އެވެ. އެ ބްރިޖު ދަށުން ބޯޓު ފަހަރު ވެސް ދަތުރު ކުރެ އެވެ.

މަޝްހޫރު ކާޓޫނު ކެރެއްޓާތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްޓޯލަށް ގިނަ އަދަދެއްގެ ކުޑަކުދިން ދިޔައީ އިންތިޒާރު ކުރަމުންނެވެ. ސަބަބަކީ މި ފުޅަނދުގައި ހުރި ކުދިން ގަޔާވާ ސިފަތަކެވެ. ފުޅަނދުން "ސްނޯ ފޭބުން" ވެގެން ދިޔައީ ކުދިން ވަރަށް ގަޔާވި އެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކާޓޫގެ ކެރެކްޓާތައް ފެނިގެން ދިޔަ އެވެ.