ދުނިޔެ

ނައިންއިލެވެންގައި ސައުދީ ބައިވެރި ކަމަށް ހެކި ދޭނަން: މުހައްމަދު

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ މަހު ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑު ކުރީ ސައުދީ އަރަބިއްޔާ ކަމަށް ކޯޓުގައި ހެކިދޭނެ ކަމަށް ހަމަލާގެ މޭސްތިރިޔާ ހާލިދު ޝޭހު މުހައްމަދު ބުނެފި އެވެ.

ސައުދީ އާއި ދެކޮޅަށް ހެކި ބަސް ދޭން އޭނާ އެއްބަސްވީ އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މާފު ކޮށްފިނަމަ އެެވެ. ނަމަވެސް މުހައްމަދު ހުށަހެޅުން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ އޮފިޝަލުން ވަނީ ބާތިލުކޮށްފަ އެވެ. ކޯޓުގެ އޮފިޝަލުން ވިދާޅުވީ، 2000 ވަނަ އަހަރުގެ ހަމަލާގެ ސަބަބުން އެތައް ބަޔަކު މަރުވެ ވިޔަފާރިތަކަށް ބިލިއަނުން ގެއްލުން ލިބުނު ކަމަށެވެ.

ޓްރޭޑް ސެންޓަރަށް ހަމަލާ ދިނުމަށް ބޭނުންކުރި ފްލައިޓުތައް ފޯރުކޮށް ދިނުމުގަ އާއި އެހެނިހެން ކަންކަމުގައި ސައުދީން ފަންޑުކޮށްފައިވާ ކަމަށް އެމެރިކާއިން ދަނީ އަބަދުވެސް ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލް ގައިދާއިން 2001 ވަނަ އަހަރު ދިން އެ ހަމަލާގައި 3،000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ހަމަލާ ދީފައިވަނީ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލް ގައިދާއިންނެެވެ. އެއަށްފަހު އެމެރިކާއިން ވަނީ އަލް ގައިދާއާއި ދެކޮޅަށް އޮޕަރޭޝަންތަކެއް ފަށައި އަލް ގައިދާގެ ލީޑަރު އޮސާމާ ބިން ލާޑިން ޕާކިސްތާނުގެ ފިލައިގެން އުޅެނިކޮށް މަރާލާފަ އެވެ.

ޓްރޭޑް ސެންޓަރަށް ދިން ހަމަލާގައި ސައުދީގެ އަތެއްވާ ކަމަށް އެެމެރިކާއިން ތުހުމަތު ކުރަނީ، އޮސާމާ ބިން ލާޑިން އަކީ ސައުދީއަށް ނިސްބަތްވާ މީހަކަށް ވުމުންނެވެ.