ދުނިޔެ

އިޒްރޭލާ ގުޅޭނަމަ ތުރުކީން ގުޅެމެއް ނުބާއްވާނެ: އުރުދުގާން

އިޒްރޭލާ ގުޅުން ބާއްވާ އެއްވެސް ގައުމަކާއެކު ތުރުކީން އެއްވެސް ކަހަލަ ގުޅުމެއް ނުބައްވާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން މިފަހުން ސޫދަނަށާއި އެހެން ބައެއް ގައުމުތަކަށް ދިން ހަމަލާ ކުށްވެރި ކުރައްވާ އުރުދުގާނު ވިދާޅުވީ، ތުރުކީއާއި ކިތަންމެ އެކުވެރި ގައުމަކަށް ވިޔަސް އިޒްރޭލާ ގުޅުން ބާއްވާނަމަ އެ ގައުމަކާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލަން ފަސް ނުޖެހޭނެ ކަމަށެވެ.

ޕަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ އަނިޔާތައް ވެސް އުރުދުގާނު ވަނީ ތަކުރާރުކޮށް ކުށްވެރި ކުށްވެރި ކުރައްވާފަ އެވެ. އުރުދުގާނު ވިދާޅުވީ، އިޒްރޭލުން ޕަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާމެދު ދުނިޔެއިން އަޅާ ނުލާތީ އެކަން އެ މަނިކުފާނަށް ކަމުނުދާ ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ.

"އިޒްރޭލާ އެއްކޮޅު މީހުނާއި އަހަރުމުން ގުޅުން ނުބައްވާނަން. ދުނިޔެއަށް އަންގަން، ޕަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާތަކަށް ދުނިޔެއިން ދެނީ ބީރު ކަންފަތެއް!" އުރުދުގާނު ވިދާޅުވި އެވެ.

އުރުދުގާނު އިޒްރޭލަށް އަމާޒުކޮށްގެން ފާޑު ވިދާޅުވެފައި މިވަނީ، ޕަލަސްތީނުގެ 100 ވަރަކަށް ރައްޔިތުން އުޅެމުންދާ 16 އިމާރާތެއް ތަޅާލިއިރު ބާރުގަދަ އަދި އިސްލާމީ ގައުމަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި ނުވާތީ ހިތްޕުޅުހަމަޖެވަޑައި ނުގެނެވެ. އދ. ވެސް އިޒްރޭލުގެ އެ އަމަލުތައް ކުށްވެރި ކުރި ނަމަވެސް، އެކަން ހުއްޓުވުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.