އެމްއޭސީއެލް އިން މި އަހަރު އެ ކުންފުނީގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމައިފި އެވެ.
ކުންފުނިން އެގޮތަށް ނިންމުމަށްފަހު މާބްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
އެމްއޭސީއެލް އިން ހައްޖަށް ފޮނުވާނެ މުވައްޒަފުން ހޮވަނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެނެވެ. އެ ގޮތުން މި އަހަރު 165 މުވައްޒަފަކު ހައްޖަށްދާން ކުރިމަތިލާފައި ވެއެވެ.
މީގެ ކުރިން ވެސް އެމްއޭސީއެލް މުވައްޒަފުން ހައްޖަށް ފޮނުވައިދެ އެވެ.