ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ބޯޑަށް ހަތް ޑިރެކްޓަރުން އައްޔަން ކުރަން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް)ގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ގޮތުގައި ތިން ޑިރެކްޓަރުން އައްޔަން ކުރަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން މިރޭ ފާސްކޮށްފި އެވެ.

ބީއެމްއެލްގެ ބޯޑަށް އައްޔަންކުރަން ފާސްކުރި ހަތް ބޭފުޅުންނަކީ

  • ޓިމޮތީ ސޯޔާ (ޗީފް އެގްޒެކްޓިވް އޮފިސަރު)
  • މުހައްމަދު ޝަރީފު، މ. އިފާއު، މާލެ
  • ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ
  • ސަނާ މަންސޫރު، މއ. މަނަސް، މާލެ
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
  • ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ
  • ހުސެއިން ތައުފީގު އަލީ، މ.މުއިރި، މާލެ

މިރޭގެ ޖަލްސާގައި އެ ކުންފުނީގެ 63 ހިއްސާދާރަކު ބައިވެރިވި އެވެ.

ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންނަށް ފާސްވި ތިން ބޭފުޅުން

  • މުހައްމަދު އަބްދުއްސައްތާރު، މައި.ޓިއުލިޕްވިލާ ، މާލެ
  • އިބްރާހީމް މުހައްމަދު، ނެލުމް، ނ.ހޮ ޅުދޫ
  • އަހުމަދު މުހައްމަދު، ގ.އުފާ، މާލެ

ގާނުނުގައިވާ ގޮތުން ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭނީ މެއި މަހުގެ ކުރިންނެވެ. ނަމަވެސް ބީއެމްއެލްގެ މި އަހަރުގެ ޖަލްސާ ދެ މަސް ދުވަހަށް ލަސްވުމަކަށްފަހު ބޭއްވުމުން ގިނަ ހިއްސާދާރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވި ގޮތުގައި ޖަލްސާ ލަސްވީ ސަރުކާރަށް ފޮނުވަން ޖެހޭ ޑިރެކްޓަރުންގެ ނަންތައް ފޮނުވުމުގައި ލަސްތަކެއް ވުމުން ކަމަށެވެ.