ލައިފްސްޓައިލް

90 އަހަރުގައި މާސްޓާސް ޑިގްރީއެއް!

އުމުރުން 90 އަހަރުގައި މީހަކު މާސްޓާސް ޑިގްރީ ފުރިހަމަ ކުރުމުގެ ވާހަކައަކީ ކޮންމެ ދުވަހަކު އިވޭ ކަހަލަ ވާހަަކައެއް ނޫނެވެ. ލޯނާ ޕްރެންޑަގާސްޓް، ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް އޭޖިން، އޭނާގެ އުމުރުން 90 އަހަރުގައި ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރު އޭނާގެ މާސްޓާސް ބިނާ ކުރީ ޑިމެންޝިއާ ހުންނަ މީހުންނަށް މިއުޒިކުން ލިބޭ ވަގުތީ ހައްލުގެ މައްޗަށްށެވެ.

ދޮށީ އުމުރުގައި، ޑިސްޓެންސްކޮށް ކިޔަވަން ނިންމުމުން ޒަމާނީ ޓެކްނޮލޮޖީއަށް ހޭނުން ގޮންޖެހުމަކަށް ލޯނާއަށް ވެގެން ދިޔައެވެ. ނަމަވެސް ޓެލެޕޯނިސްޓެއް އަދި ލައިބްރޭރިއަންއެއްގެ ގޮތުގައި މަސައްކަތްކޮށްފައި ހުރުމުން ލޯނާއަށް މިކަމާއި ކުރިމަތިލައި ކާމިޔާބު ކުރެވުނެވެ. މި ޑިގްރީ ހާސިލް ކުރުމުގައި އޭނާ ބުނި ގޮތުގައި ފޮޓޯ ނެގުމާއި ޕްރެޒެންޓޭޝަން ހެދުމަށް އިތުރު ވަގުތު ތަކެއް ދިޔައެވެ. އަދި މި މަސައްކަތުގައި ޔުނިވާސިޓީގެ މުވައްޒަފުންގެ އެއްބާރުލުން އޭނާއަށް ލިބުނެވެ.

ލޯނާގެ ޕްރޮފެސަރު މެކެންޒީ ވިދާޅުވި ގޮތުގައި ލޯނާގެ ކިބައިގައި މުޅި އުމުރަށް އުގެނުމުގެ ލޯބި ހުރިކަން އޭނާ ދައްކުވައިދީފައި ވެއެވެ. އަދި އޭނާ ފަހުރުވެރި ކަމާއެކު ފުރިހަމަ ކުރި ޕްރޮގްރާމަކީ އޮންލައިން ގްރެޖުއޭޓް ޕްރޮގްރާމެއް ކަމުން އެނާ ވަނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޑިސްޓަންސް ވެސް މާސްޓާކޮށްފަ އެވެ.

ދޮށީ އުމުރުގައި އަލުން ކިޔެވުމަށް އޭނާ ގަސްދުކުރީ 64 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނު ޖިމް ނިޔާވެ ހުވަފަތް ވުމުންނެވެ. ލޯނާގެ ޑިގްރީ މި ދާއިރާއަށް ބިނާ ކުރުމަށް ގަސްދު ކުރީ އޭނާ ދިރިއުޅޭ ނާސިން ހޯމްގައި ތިބޭ ޑިމެންޝިއާ ޕޭޝަންޓުންނަށް މިއުޒިކުން ލިބުނު ވަގުތީ ހައްލު ތަޖުރިބާ ކުރެވުމަށްފަހު އެވެ.