ދުނިޔެ

އުތުރުން ޖަޕާނުގެ ކަނޑަށް އަނެއްކާ މިސައިލް ޓެސްޓު ކޮށްފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލެސްޓިކް ދެ މިސައިލް ޓެސްޓެއް ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ. ދެކުނު ކޮރެއާއިން ބުނީ އުތުރުން ޓެސްޓް ކޮށްފައިވަނީ ކުރު ރާސްތާގައި ހަމަލާ ދޭން ބޭނުންކުރާ ބެލެސްޓިކް ދެ މިސައިލެއް ކަމަށެވެ.

އުތުރު ކޮރެއާއިން ޓެސްޓް ކުރި ދެ މިސައިލް ވެއްޓިފައި ވަނީ 250 ކިލޯމީޓަށް ދަތުރު ކުރުމަށްފަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށެވެ. މިސައިލްތައް ޓެސްޓް ކޮށްފައި ވަނީ އެ ސަރަހައްދުގައި ދެކުނު ކޮރެއާ އަދި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައި ވެސް ވަނިކޮށެވެ.

ދެކުނު ކޮރެއާއިން ބުނީ، މިފަހަރު ޓެސްޓު ކުރި މިސައިލްތައް މިދިޔަ ފަހަރު އުތުރު ކޮރެއާއިން ޓެސްޓުކުރި މިސައިލްތަކާއި ތަފާތު ކަމަށެވެ.

މިސައިލް ޓެސްޓާއި ގުޅިގެން ސައުތު ކޮރިއާ މިލިޓަރީ ޖޮއިންޓް ޗީފް (ޖޭސީއެސް) އިން ނެރުނު ބަޔާނެއްގައި ބުނީ، އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތަށް ގާތުން ބަލަމުންދާ ކަމަށާއި ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް މިސައިލް ޓެސްޓް ކުރުން ހުއްޓާލަން ގޮވާލާ ކަމަށެވެ.

އުތުރުކޮރެއާގެ އާމްސް ކޮންޓްރޯލާ ޖެފްރީ ލިވިސް މީގެ ކުރިން ވިދާޅުވެފައި ވަނީ، އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރަން ފަށާފައި ވަނީ ދެކުނު ކޮރެއާގައި ގާއިމުވެތިބި ސިފައިނަށް އަމާޒު ކޮށްގެން ކަމަށެވެ. އެ ޓެސްޓުތަކުގެ ބޭނުމަކީ އެމެރިކާއިން ކުރިއަށް ގެންދާ ތަމްރީނުތަކަށް ހުރަސް އެޅުން ކަމަށެވެ.