ހަބަރު

މި އަހަރު އަމީރުލްހައްޖަކީ އަސްލަމް

Jul 31, 2019
1

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

މި އަހަރު ރާއްޖޭން ހަ ގްރޫޕަކުން 1،975 މީހުން ހައްޖަށް ދެ އެވެ. މި އަހަރުގެ ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ހަ ގްރޫޕަކީ ޒައީ ގްރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން ގްރޫޕާއި މިނާ ގްރޫޕާއި އަލްއެކްރޯ ގްރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނެވެ.

ހައްޖުގެ އަޅުކަން އަދާ ކުރަން މިހާތަނަށް ސައުދީއަށް ގޮސްފައި ވަނީ މިނާ ހައްޖު ގްރޫޕްގެ 14 ހައްޖުވެރިއަކާއި، އަލްއެކްރޯ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ދެ ހައްޖުވެރިއަކާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ 154 ހައްޖުވެރިންގެ އިތުރުން އަލްހަރަމައިން ހައްޖު ގްރޫޕްގެ 144 ހައްޖުވެރިންނެވެ.

މި އަހަރުގެ ހައްޖު ދުވަސް ދިމާ ވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަަނަ ދުވަހާ އެވެ. ހައްޖަށް ދާ އެންމެ ފަހު ގްރޫޕް ފުރާނީ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ތަޒްކިޔާ ގްރޫޕުގެ ހަވާލުގައި ދާ 30 މީހެކެވެ.