ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލަށް ހާއްސަ މަގެއް ހުޅުވާލައިފި

Jul 31, 2019

ދަރުމަވަންތަ ހޮސްޕިޓަލަށް ދާ ވެހިކަލްތައް ވަދެ ނުކުމެ ވާނެ މަގު ހުޅުވަލައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް މެނޭޖް ކުރަމުން އަންނަ އައިޖީއެމްއެޗުން ނޫސް ބަޔާނެއް މެދުވެރިކޮށް މިރޭ ބުނީ ހުޅުވާލި މަގަކީ ދަރުމަވަންތަ ހޮސްޕިޓަލަށްދާ ވެހިކަލްތަކާއި އެއްގަމު އުޅަނދު ފަހަރު ވަދެ ނުކުމެ ހަދާނެ މަގެއް ކަމަށެވެ.

ހުޅުވާލި މަގުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުންނެވެ ނުކުންނަ ދޮރު ހުންނާނީ އަމީނީ މަގަށެވެ.

އިންޑިއާގެ އަންހެން ބޮޑުވަޒީރެއްގެ ހަނދާނުގައި އިންޑިއާއިން އެހީވެގެން އަޅާފައިވާ އައިޖީއެމްއެޗުން ބުނީ ރާއްޖޭގެ އެންމެ އުސް އިމާރާތް، 25 ބުރީގެ ދަރުމަވަންތައިގެ އެ މަގު ބޭނުން ކުރެވޭނީ ހަމައެކަނި ބަލި މީހުންނާއި ހޮސްޕިޓަލަށް ވަދެ ނުކުމެވާ އެހެން ފަރާތްތަކަށެވެ. ދުއްވާ އުޅަނދުފަހަރު ހުއްޓާނެ ޒޯން ފާހަގަކޮށްދީފައިވާއިރު ބަލި މީހުނާއި ނުކުޅެދުންތެރިންނަށް ފަސޭހަވާނެ ގޮތަށް ވީލްޗެއާ ދުއްްވާނެ އިންތިޒާމާއި ހޮސްޕިޓަލަށް ދާ މީހުންގެ ރައްކާތެރި ކަމަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ އެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އަޅައި ނިންމި ހޮސްޕިޓަލެކެވެ.